އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/10/2020

ކޮވިޑް-19 ޖެހުނު ޕަސެންޖަރަކު ފްލައިޓް ތެރޭގައި މަރުވެއްޖެ

މިއީ ފްލައިޓެއް ތެރޭގައި ކޮވިޑްގެ ބަލީމީހެއް މަރުވި ފުރަތަމަ ފަހަރެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގެ ޓެކްސަސްއިން ދާދިފަހުން ވަނީ ފްލައިޓެއްގައި ދަތުރުކުރަމުން ދަނިކޮށް ކުއްލިގޮތަކަށް މަރުވި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ. މިއީ ފްލައިޓެއް ތެރޭގައި ކޮވިޑްގެ ބަލީމީހެއް މަރުވި ފުރަތަމަ ފަހަރެވެ.

މި މީހާ މަރުވެފައި ވަނީ ޖުލައި މަސްތެރޭގައި ނަމަވެސް، ޑަލާސް ކައުންޓީ އޮފިޝަލުން މިކަން ޔަގީންކޮށްދީފައިވަނީ މި ހަފްތާގަ އެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ފްލައިޓްތެރޭގައި މަރުވި 30 އަހަރުގެ މި އަންހެންމީހާ އަކީ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެކެވެ. އެހެންނަމަވެސް، މި ކޭސްގައި އެއާލައިންގެ އިހުމާލެއް އޮތްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެއެވެ.

ޑަލާސް ކައުންޓީގެ ޖަޖް ބުނިގޮތުގައި އަންހެންމީހާގެ ހާލަތުގޯސް ވެފައިވަނީ ފަްލައިޓް ލޭންޑްކުރި ފަހުންނެވެ. އެގޮތުން އަންހެންމީހާ މަރުވެފައިވަނީ ނޭވާލުމަށް ދަތިވެގެން ކަމަށް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ