އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/10/2020

ދަތް އުނގުޅާއިރު ހިރުގަނޑުން ލޭ އަންނަނީ ކީއްވެ؟

ހިރުގަނޑުން ލޭ އައުމުގެ ސަބަބުތަކުގެ ތެރޭގައި މާ ބާރަށް ދަތް އުނގުޅުން، ނުބައިކޮށް ފްލޮސް ކުރުން އަދި ޖިންޖިވައިޓިސް ފަދަ ބަލިތައް ހިމެނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/10/2020

Bleeding Gums Gingivitis
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިރުގަނޑުން ލޭ އައުމަކީ އާންމުގޮތެއްގައި ހިރުގަނޑަށް ބައްޔެއް ޖެހުމުން ފެންނާނޭ ފުރަތަމަ އަލާމާތެވެ. މިހެން ދިމާވަނީ ޖިންޖިވައިޓިސްގެ ފުރަތަމަ ސްޓޭޖްގަ އެވެ.

އެހެންނަމަވެސް އަބަދު ލޭ ނައިސް ދޭތެރެ ދޭތެރެއިން ލޭ އަންނަ ނަމަ އެއީ މާ ބާރަށް ދަތް އުނގުޅިގެން ހިރުގަނޑަށް ގެއްލުމެއް ވެގެން އަންނަ ލެއަކަށް ވެދާނެ އެވެ. ނުވަތަ ނަރުގަނޑު އަޅުވާފައި ތިބޭ މީހުންގެ ނަރުގަނޑު ރަނގަޅަށް ހަމަނުޖެހޭތީ ދިމާވިކަމަކަށް ވެސް ވެދާނެ އެވެ.

ހިރުގަނޑުން ލޭ އަންނަނަމަ ގިނަވެގެން ދުވާލަކު ދެ ފަހަރު ދަތްތައް ފްލޮސް ކޮށްލުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ. މިގޮތަށް ޤަވާއިދުން ފްލޮސް ކުރާނަމަ ދަތްތަކުގެ ދޭތެރޭގައި ހުންނަ ބެކްޓިރީއަށް ނައްތާލެވި، ދަތްތަކުން ލޭ އައުމުން ދުރުކޮށްދެ އެވެ.

ފްލޮސް ކުރާއިރު، ރައްކާތެރި ނޫން ގޮތްގޮތައް ފްލޮސް ކުރެވޭނަމަ ހިރުގަނޑުން ލޭ އައުމަކީ ވެދާނޭ ކަމެކެވެ. އެހެންކަމުން ފްލޮސް ކުރަން ފެށުމުގެ ކުރިން ރަނގަޅަށް ފްލޮސް ކުރަން ދަސްކުރަންޖެހޭނެ އެވެ. އަދި މާ ގަދައަށް ފްލޮސް ކުރާނަމަ ހިރުގަނޑު ކަނޑައިގެން ދިއުމަށްވެސް މެދުވެރިވެއެވެ.

ހިރުގަނޑުން ލޭ އަންނަނަމަ އެންމެ ފުރަތަމަ ދަތް އުނގުޅާ ބުރުސް ބަދަލުކޮށްލެވިދާނެ އެވެ. އެގޮތުން މާ ހަރު ނައިލޯން ހުންނަ ބުރުހެއްގެ ބަދަލުގައި މަޑު ނައިލޯން އިން ހަދާފައި ހުންނަ ބުރުހުން ދަތް އުނގުޅުމަކީ ހިރުގަނޑު ހަލާކުވުމާއި ދުޅަވުމުން ދުރުކޮށްދޭނޭ ކަމެކެވެ.

ހަމައެހެންމެ، ހިރުގަނޑުން ލޭ އަންނަނަމަ އަލްކަހޯލް އެކުލެވޭ މައުތްވޮޝް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

މި ހުރިހާ ކަމަކަށް ސަމާލުވުމަށްފަހު ވެސް ހިރުގަނޑުން ލޭ އަންނަނަމަ، އެންމެ ބުއްދިވެރިގޮތަކީ ލަސްނުކޮށް ދަތުގެ ޑޮކްޓަރަކަށް ދެއްކުމެވެ. އަދި ޤަވާއިދުން ދަތުގެ ޑޮކްޓަރަކަށް ދައްކާ ދަތްތައް ސާފުކޮށް ބެހެއްޓުމަކީ ވެސް އަނގައިގެ ތެރޭގައި ބެކްޓީރިއާ އުފެދުން މަދުކޮށްދީ، ހިރުގަނޑުން ލޭ އައުމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ