އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/10/2020

ކޮވިޑް-19 ދެވަނަ ރާޅަކަށް ތައްޔާރުވުމަށް ޤައުމުތަކުން އެންޓިބޮޑީ ޓެސްޓްކުރަނީ

ފާއިތުވި ހަފްތާގައި އެކަނިވެސް ދެ މިލިޔަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕަޮޒިޓިވްވެފައި ވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ފެންނަން ފެށުމާއެކު ގިނަ ޤައުމުތަކުން ވައިރަސްޖެހި ރަނގަޅުވެފައި ތިބި މީހުން ދެނެގަތުމަށްޓަކައި ޤައުމުތަކުން އެންޓިބޮޑީ ޓެސްޓްކުރަން ފަށަން ނިންމައިފި އެވެ.

އެގޮތުން ކޮވިޑުގެ ކޭސްތަކުގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް އަރާފައިވާ ޖަރުމަނުވިލާތުން ވަނީ އެ ޤައުމުން އެއް މަސްތެރޭގައި ނުވަލައްކަ މީހުންގެ އެންޓިބޮޑީ ޓެސްޓު ހަދަން ނިންމާފަ އެވެ. މިނިޓެއްގެ ތެރޭގައި ނަތީޖާ ލިބޭ މި ޓެސްޓުގެ އަގަކީ 5.90 ޔޫރޯއެވެ.

ޖަރުމަނުން ވަނީ އެ ޤައުމުގެ އާބާދީގެ 10 އިންސައްތަ ރައްޔިތުންގެ އެންޓިބޮޑީ ޓެސްޓް ހަދަން ނިންމާފަ އެވެ.

ހަމައެހެންމެ ކެނެޑާއިން ވެސް މިލިޔަނަށްވުރެ ގިނަ އެންޓިބޮޑީ ޓެސްޓް ގަތުމަށް މަސައްކަތް ކުރަމުންދާއިރު، އިޓަލީއިން 35 ކުންފުންޏަށް ފަސް މިލިޔަން އެންޓިބޮޑީ ޓެސްޓް ހެދުމަށް ހަވާލުކޮށްފައި ވެއެވެ.

އެހެންނަމަވެސް ޖަރުމަނުގެ ރޮބާޓް ކޮޗް  އިންސްޓިޓިއުޓުން ވަނީ ހަމައެކަނި އެންޓިބޮޑީއަށް ބަރޯސާނުވެ، ޕީސީއާރު ޓެސްޓްވެސް ހެދުމަށް ލަފާދީފަ އެވެ. ސަބަބަކީ އެއް ފަހަރާ ގިނަ ޤައުމުތަކަކުން މި ޓެސްޓުތައް ހަދަން ބޭނުންވުމުން އުފައްދާ މިންވަރު ދަށްވެފައި ވުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ފާއިތުވި ހަފްތާގައި އެކަނިވެސް ދެ މިލިޔަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕަޮޒިޓިވްވެފައި ވާކަމަށް ބުނެފަ އެވެ. މިއާއެކު ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު 37 މިލިޔަނަށް އަރާފައިވާއިރު، މީގެތެރެއިން 1 މިލިޔަން މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ