އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/10/2020

މިއަދު ޕޮޒިޓިވްވީ 51 މީހުން، ރަނގަޅުވީ 51 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. 

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 51 މީހުންގެ ތެރޭގައި ހިމެނެނީ، 33 ދިވެހިންނާއި 18 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 46 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 5 މީހެކެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،140 މީހުންނެވެ. ކޮވިޑްގައި 35 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 54 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،113 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު އިތުރު 51 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9،931 އަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ