އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 15/10/2020

ސިއްހީ އެހީތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ދަށަށް ގޮސްފި - ޑަބްލިޔުއެޗްއޯ

ސިއްހީ އެހީތެރިންގެ ކޭސްތައް މަދުވެފައިވަނީ ޕީޕީއީ ލިބުން ފަސޭހަވުމުންނާއި، ވައިރަސް ފެތުރޭ ގޮތް ދަސްވެ އޭގެން ސަލާމަތްވާނެ ގޮތް އެނގުމުން - ޑަބްލިޔުއެޗްއޯ
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 15/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއްބަޔަކީ ސިއްހީ އެހީތެރިންނެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ އެހީތެރިން ޕޮޒިޓިވްވާ އަދަދު ވަނީ ދަށަށް ގޮސްފައި ކަމަށެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށިއިރު ގިނަ ޤައުމުތަކުން ނަގައިފައިވާ މައުލޫމާތު ތަކުން ދައްކާ ގޮތުގައި ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ގިނައީ ސިއްހީ އެހީތެރިންނެވެ.

ޑަބްލިޔުއެޗްއޯ އަށް ރިޕޯޓުކޮށްފައިވާ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 14 އިންސައްތަ  އަކީ ސިއްހީ އެހީތެރިންނެވެ. ނަމަވެސް ގިނަ ޤައުމުތަކުގައި ސިއްހީ އެހީތެރިންނަކީ އާބާދީގެ 3 އިންސައްތަ އެވެ.

އަންގާރަ ދުވަހުގެ ބަޔާނުގައި އެޖަމިއްޔާއިން ބުނެފައިވަނީ 83 ޤައުމަކުން ނަގާފައިވާ މައުލޫމާތަށް ބަލާއިރު ސިއްހީ އެހީތެރިންގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު ސިއްހީ އެހީތެރިން އެހާ ގިނައިން ޕޮޒިޓިވްވުމަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ސަލާމަތީ ހެދުން، މާސްކް، ޝީލްޑް ފަދަ ތަކެތި މަދުވުމާއި، ލިބެން ޖެހޭ ތަމްރީން ނުލިބުން ހިމެނެއެވެ.

ޑަބްލިޔުއެޗްއޯގެ ޓާސްކްފޯސްގައި ޓެކްނިކަލް ލީޑް އެއްގެ މަގާމުގައި ހުންނެވި ބެނެޑެޓާ އަލެގްރަންޒީ ވިދާޅުވި ގޮތުގައި، ސިއްހީ އެހީތެރިންގެ ކޭސްތައް މަދުވެފައިވަނީ ޕީޕީއީ ލިބުން ފަސޭހަވުމުންނާއި، ވައިރަސް ފެތުރޭ ގޮތް ދަސްވެ އޭގެން ސަލާމަތްވާނެ ގޮތް އެނގުމުން ކަމަށެވެ. މީގެ ތެރޭގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި، ގިނަގިނައިން އަތް ދޮވުން އަދި ގައިދުރު ކުރުން އިސްކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން 1.1 މިލިއަން މީހުން މަރުވެފައިވާ އިރު، 38 މިލިއަން ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ