އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/10/2020

ކޮރޯނާވައިރަސް އިންސާނާ ހަންގަނޑުގައި 9 ގަޑިއިރަށް ދިރިހުރޭ: ދިރާސާ

އަވަސް މުސްތަޤްބަލެއްގައި އަވަސް އަވަހަށް އަތްދޮވެ ސެނެޓައިޒާރ ބޭނުން ކުރުން ހުއްޓާލެވެން ނެތް - ދިރާސާ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންސާނާގެ ހަށިގަނޑުގެ ބޭރުގައިވާ ހަމުގައި މަދުވެގެން 9 ގަޑިއިރުވަންދެން ކޮރޯނާވައިރަސް ދިރި ހުންނަކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޖަޕާނުގެ ރިސާޗަރުންތަކެއް ހެދި މި ދިރާސާގައި ވަނީ ނޮވެލް ކޮރޯނާވައިރަސް އިންސާނާގެ ހަމުގައި ނުވަ ގަޑިއިރު ވަންދެން ހުންނައިރު، ނުރައްކާތެރި އިންފުުލުއެންޒާވެސް އިންސާނާގެ ހަމުގައި ހުންނަނީ އެންމެ ދެ ގަޑިއިރަށް ކަމަށް ބުނެފަ އެވެ.

ކްލިނިކަލް އިންފެކްޝަސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން މި ވައިރަސް ކޮންޓްރޯލް ނުވެ، މިހާބޮޑަށް ފެތުރުމުގެ އަސްލަކީ ވެސް ހަށިގަނޑުގެ ބޭރުފުށުގައި މި ވައިރަސް ގިނަ ވަގުތަކަށް ހުރުމެވެ. އަދި މި ވައިރަހުން ރައްކާތެރިވުމަށް އޮތް ހަމައެކަނި ގޮތަކީ ސާފުތާހިރުކަން އިސްކުރުންކަމަށް ވަނީ ބުނެފަ އެވެ.

ކުރުކޮށް ބުނާނަމަ މި ދިރާސާގައި ވަނީ އަވަސް މުސްތަޤްބަލެއްގައި އަވަސް އަވަހަށް އަތްދޮވެ ސެނެޓައިޒާރ ބޭނުން ކުރުން ހުއްޓާލެވެން ނެތްކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް، ކިޔޯޓޯ ޕްރިފެކްޗުރަލް ޔުނިވަރސިޓީ އޮފް މެޑިސިންގެ ރިސާޗަރުން ވަނީ އިންސާނާގެ ހަމުގައި ނުވަގަޑިއިރު ވަންދެން ވައިރަސް ހުރި ނަމަވެސް، ބިއްލޫރި އަދި ދަގަނޑު ފަދަ ތަންތަނުގައި ހުންނަ ވައިރަސް މިއަށްވުރެ އަވަހަށް ނެތިގެންދާކަމަށް ބުނެފަ އެވެ.

ހަމައެހެންމެ، މި ދިރާސާ ހެދުމުގެ ތެރެއިން ރިސާޗަރުން ވަނީ އިންފުލުއެންޒާ އަދި ކޮރޯނާވައިރަސް 15 ސިކުންތު ތެރޭގައި ހޭންޑް ސެނެޓައިޒަރގެ އެހީގައި ނައްތާލެވޭނެކަމަށް ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ