އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 12/10/2020

ކޮވިޑް-19 އާއި ގުޅިގެން ކެއްސުމާއި އާދައިގެ ކެއްސުން ވަކި ކުރާނީ ކިހިނެއް؟

އާދައިގެ ރޯގާ ޖެހިގެން ކެއްސުމާއި ކޮވިޑް-19 ކެއްސުމާއި ވަކިކުރަން އެނގުމަކީ މުހިންމު ކަމެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 12/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ކޮރޯނާވައިރަސް ފެރުތެން ފެށިތާ 10 ވަނަ މަހަށް އަޅާފައިވާ އިރު، މިބަލީގެ ކޭސްތައް ދަނީ އަވަސް ރޭޓެއްގައި އިތުރުވަމުންނެވެ. ހަމައެއާއެކު ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކުގެ ލިސްޓަށްވެސް ދަނީ އިތުރުކުރެވުމުންނެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ހިނދު، އެންމެ އިސްކަމެއް ދޭންވީ ކަމަކީ ބަލީގެ އާންމު އަލާމާތްތައް ދެނެގަތުމެވެ. ނަތީޖާއެއްގެ ގޮތުން އަވަހަށް ޓެސްޓު ކުރެވި ބައްޔަށް ފަރުވާ ހޯދަން ފެށޭނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުުޅިގެން ރޯގާ ޖެހި، ކަރުގައި ރިއްސާ ކެއްސުން ބައެއް ފަހަރު ކުރިމަތިވެއެވެ. އެހެން ކަމުން މިފަދަ ކެއްސުމާއި ކޮވިޑް-19 ކެއްސުމާއި ވަކި ކުރަން އެނގެން ޖެހެއެވެ. 

މިފަދަ ދުވަސްވަރެއްގައި ގިނަ ގިނައިން ކެއްސަން ފަށައިފިނަމަ ބިރުގަނެ ހާސްވުން ކުރިމަތިވެސް ވެދާނެއެވެ. އެހެނީ ކެއްސުމަކީ ކޮވިޑް-19 ގެ އަދި ރޯގާގެވެސް އެންމެ އާންމު އެއް އަލާމާތެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ހެދުނު ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ މީހުންގެ ފަރާތުން އަލާމާތެއްގެ ގޮތުގައި ހިކި ކެއްސުން ފެނެއެވެ. 

ހިކިކޮށް ކެއްސުމޭ ބުނެވެނީ ކެއްސާ ވަގުތު ކަރުތެރޭގައި ރޯގާ ނުވަތަ ކުޅު ޖަމާނުވެ ކެއްސާ ނަމައެވެ. އަދި ހިކި ކެއްސާ ނިމުމުން ގިނަފަހަރަށް ނޭވާ ކުރުވާގޮތްވެސް މެދުވެރިވެއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ކެއްސާނަމަ އާންމުކޮށް ހުން އައުމާއި ވަރުބަލިވުން ވެސް އަލާމާތެއްގެ ގޮތުގައި ފެނެއެވެ.

ސިނގިރޭޓު ބުއިން ފަދަ ކަމަކާއި ނުލާ ގިނަގިނައިން ހިކިކޮށް ކެއްސާ، އަޑު ކުރަކި ވާނަމަ މިއީ ކޮވިޑް-19 ގެ އަލާމާތަކަށް ވެދާނެއެވެ. 3-4 ދުވަހަށް ވުރެ ގިނައިން ކެއްސުން ހުރިކަމުގައިވާނަމަ، އަދި އެހެނިހެން އަލާމާތްތައް (ހުން އައުން، ވަރު ބަލިވުން، ނޭވާ ކުރުވުން) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެދެވިގެންވާ ގޮތެވެ. ހާއްސަކޮށް ދިގު މުއްދަތަށް ބޭސް ކުރާނަމަ، ނުވަތަ އުމުރުން ދުވަސްވީ މީހެއް ނަމަ މިފަދަ އަލާމާތްތަކަށް އިތުރު ސަމާލުކަމެއް ދިނުން މުހިންމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ