އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/10/2020

މިއަދު ޕޮޒިޓިވްވީ 65 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނެގި 1،583 ސާމްޕަލްގެ ތެރެއިން 51 މީހުންގެ ސާމްޕަލް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 54 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް 11 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުން ކަމަށެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 51 ދިވެހީންނާއި 14 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,530 އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި 1125 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 67 މީހުން ހޮސްޕިޓަލުތަކުގައި ބައިތިއްބާފައިއެބަ ތިއްބެވެ. އަދި މި ބަލީގައި 34 މީހުން ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ