އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 03/10/2020

އިންޑިޔާގައި ކޮވިޑް-19 އިން މަރުވި މީހުންގެ އަދަދު 100،000 އަށް އަރައިފި

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާގެ އާބާދީގެ 7 އިންސައްތަ މީހުން ވަނީ ކޮރޯނާވައިރަސް އަށް ހުށަހެޅިފައެވެެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 03/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން މަރުވި މީހުންގެ އަދަދު 100،000 އަށް އެރި ތިންވަނަ ޤައުމަކަށް އިންޑިޔާ ވެއްޖެއެވެ. އިންޑިޔާގެ އިތުރުން މިލިސްޓުގައި ހިމެނެނީ އެމެރިކާ އަދި ބްރެޒިލް އެވެ.

ހޮނިހިރު ދުވަހު އިންޑިޔާގައި މަރުވި މީހުންގެ އަދަދު 100،842 އަށް އަރާފައިވާއިރު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 6.47 މިލިއަނަށް އަރާފައެވެ. އަދި އެއްދުވަސް ތެރޭ 79،476 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އިންޑިޔާއަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޭސްތައް ދުވާލަކު ރިޕޯޓުކުރަމުން އަންނަ ޤައުމެވެ.

އިޤްތިސާދީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލަމުން އަންނަ އިންޑިޔާ އިން ވަނީ މިހަފްތާ ތެރޭ ސިނެމާތައް ހުޅުވަން ހުއްދަ ދީފައެވެ. އަދި އޮކްޓޯބަރު މަހު މެދުތެރޭ ސްކޫލްތައް އަލުން ހުޅުވުމާމެދު އިންޑިޔާ ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާގެ 1،3 ބިލިއަން މީހުންގެ އާބާދީގެ 7 އިންސައްތަ މީހުން ވަނީ ކޮރޯނާވައިރަސް އަށް ހުށަހެޅިފައެވެެ.

އަދި މިއަދަދު 12.2 މިލިއަނަށް މިއަހަރުގެ ނިޔަލަށް އަރާފާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ. 

އިންޑިޔާއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ގިނަ ނަމަވެސް، އެހެނިހެން ޤައުމުތަކާއި އަޅާބަލާއިރު، މަރުވާ މީހުންގެ އަދަދު ދަށެވެ. މީގެ ސަބަބުން އިންޑިޔާއިން ކޮވިޑް-19ގެ ރިޕޯޓުކުރުމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ