އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/10/2020

ކާމިޔާބު ވެކްސިނަކާ އެކުވެސް ކޮވިޑް ނައްތާނުލެވިދާނެ: ސިއްހީ މާހިރުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސއްހީ ސަތޭކައަށްވުރެ ގިނަ ޓީމްތަކުން މިހާރުވެސް ރެއާދުވާލު ދަނީ ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާ ކާމިޔާބު ވެކްސިނަކާއި އެކުގައިވެސް ކޮވިޑް-19 ނައްތާލުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސއްހީ ސަތޭކައަށްވުރެ ގިނަ ޓީމްތަކުން މިހާރުވެސް ރެއާދުވާލު ދަނީ ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން އިންސާނުންނަށް މި ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާއަށް އަދި ވާސިލްވެފައިވަނީ އެންމެ 11 ޓީމެކެވެ.  ވެކްސިން އުފެއްދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅޭ އިނގިރޭސިވިލާތުގެ ޓީމުން ވަނީ އަންނަ އަހަރުގެ ޖޫން ހިސާބަށް ވެކްސިން ތައްޔާރުވާނޭ ކަމުގެ ޔަގީންކަން ދީފަ އެވެ.

ޑެލްވް ނަމަކަށް ކިޔާ އެކިކަހަލަ މިޒާޖުގެ ހިމެނޭ ޝާހީ ގްރޫޕަކުން ނެރުނު ރިޕޯޓެއްގައި ވަނީ ވެކްސިނެއް އުފެއްދުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރުވާކަމެއް ކަމަށް ބުނެފައެވެ. އެގޮތުން ވެކްސިނެއް އުފެއްދުމުގެ މަރުހަލާއިން ފެށިގެން އެ ވެކްސިނެއް ގުދަންކޮށް އަދި ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުން އަދި އެކަމަށް މީހުންގެ އިތުބާރު ހޯދުމަކީ ބުރަ މަސައްކަތެއް ކަމަށެވެ.

މި ރިޕޯޓުގެ އޯތަރ އަދި ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ކެމިކަލް އިންޖިނިއަރިން ޑިޕާޓްމަންޓްގެ ހެޑް ޕްރޮފެސަރ ނިލޭ ޝާހް ވަނީ މާޗް އާއި ހަމަޔަށް ވެކްސިނެއް ލިބުނު ނަމަވެސް ވެކްސިން އާންމުންނަށް ފޯރުކޮށްދީ އޭގެ ނަތީޖާ ފެންނާނޭ ދުވަހެއް ވެސް އަދި ނޭނގޭކަމަށް ވިދާޅުވެފަ އެވެ.

"ޖޫން މަހުގައި އަދި ވެކްސިން ތައްޔާރުކޮށް ނިމުނަސް އަދި ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބެހުމަށް އެތައް ދުވަހެއް ނަގާނެ" ޝާހް ވިދާޅުވިއެވެ.

މި ރިޕޯޓްގެ ކޯ-އޯތަރ ޕްރޮފެސަރ ޗާލްސް ބެންގަމް ވިދާޅުވިގޮތުގައި ވެކްސިނެއް އުފެއްދުނުނަމަވެސް ކުރީގެ އާންމު ހާލަތަށް ރުޖޫއަވުމަށް އަދި އެތަކެއް ދުވަހެއް ނަގާނެ އެވެ. އަދި ވެކްސިނުގެ ސަބަބުން އިންފެކްޝަން ފެތުރުން އެއްކޮށް ހުއްޓުވިފައިވަނީ ވަރަށް މަދު ފަހަރެއްގައި ކަންވެސް ބެންގަމް ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާތަނަށް އަޑުތައް ފެތުރިފައިވާ ގޮތުގައި ކޮވިޑް-19އަށް ދޭ ވެކްސިނުން އުމުރުން ދުވަސްވި މީހުންނަށް ކުރާ ފައިދާ އެހެން މީހުންނާއި އަޅާބަލާއިރު ކުޑައެވެ. މިއީ އަދި ޔަގީން ވާހަކައެއްކަމަށް ނުވިނަމަވެސް މިކަމާއި ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ