އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/10/2020

ނެޝަނަލް ޑައިބެޓިސް ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި

މި ސެންޓަރު ހުންނަނީ ޑީއެޗްގެ ތިންވަނަ ފަންގިފިލާގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/10/2020

Dharumavantha Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހަކުރު ބައްޔާ ގުޅޭ ގިނަ ހިދުމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން "ނެެޝަނަލް ޑައިބެޓީސް ސެންޓަރު" ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރު ހުންނަނީ ޑީއެޗްގެ ތިންވަނަ ފަންގިފިލާގަ އެވެ. އެތަނުން ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބައްޔާ ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓު ދޫކުރުމާއި ހަކުރުބަލި ހުންނަ މީހުން ކެއުން ބަހައްޓަން ޖެހޭ ގޮތާމެދު ޑައިޓީޝަނުންގެ ލަފާ ދޭނެ އެވެ. އަދި މި ސެންޓަރުން ހަކުރު ބައްޔާ ގުޅޭ ހުރިހާ ހިދުމަތެއް ފަސޭހައިން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެގޮތުން ނެެޝަނަލް ޑައިބެޓީސް ސެންޓަރުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ފޮލޯ-އަޕްގެ ކަންތައްތައް ވެސް ފަސޭހައިން އެ ސެންޓަރުން ހަމަޖައްސައިދޭނެ އެވެ. އަދި ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް ކައިރިވާން ފެށުމުން އެކަން ހަނދާންކޮށްދިނުމުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ތައާރަފްކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މި ސެންޓަރުގެ ހިދުމަތް އެހެން ރަށްރަށުން ވެސް ލިބޭނެ ގޮތް ހަމަޖައްސަން އެއް ވިއުގަ އަކުން ވަރަށް ކައިރި މުސްތަގްބަލެއްގައި ގުޅާލާނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ