އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/09/2020

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 53 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 53 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 47 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ހަ މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

އެޗްޕީއޭއިން ބުނީ ރޭގެ 1800 އިން މިއަދުގެ 1800 އާ ހަމައަށް ރާއްޖެއިން 53 މީހުން ޕޮޒިޓިވް ވި އިރު އޭގެތެރޭގައި ގިނައީ ދިވެހީން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެހީންނާއި 11 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,098 އަރާފަ އެވެ. އަދި ޓެސްޓް ކޮށްފައިވަނީ 1،454 ސާމްޕަލެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑްގެ 149،135 ސާމްޕަލް ވަނި ޓެސްޓްކޮށްފައެވެ.

މިހާރު 1،210 މީހަކު ދަނީ ބައްޔަށް ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 83 މީހުން ހިމެނޭއިރު މީގެ ތެރޭގައި އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހަކާއި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ދެ މީހަކު ހިމެނެއެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 93 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،847 އެވެ. 

އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 34 އަށް ވަނީ މިހާރު އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ