އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/09/2020

ކޮވިޑް-19 ވެކްސިނާ އެކުވެސް މަރުގެ އަދަދު ދެ މިލިޔަނަށް

ބައިނަލްއަޤްވާމީ އެއްބާރުލުން ނުލިބޭނަމަ މި އަދަދު މިއަށްވުރެ އިތުރުވުމަކީ ވެސް ވެދާނޭ ގޮތެއް- ޑަބްލިޔުއެޗްއޯ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެކަށީގެންވާ އަދަދަކަށް ވެކްސިން ތައްޔާރު ކުރެވުނު ނަމަވެސް ކޮވިޑް-19 ޖެހިގެން މަރުވާ އަދަދު މަދުވެގެން ދެ މިލިޔަނަށް އަރާނޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން އަވަށުން ކޮވިޑް-19 ފެނުނު ފަހުން ގާތްގަނޑަށް ފާއިތުވި ނުވަ މަސްތެރޭގައި ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ މިލިޔަނަކާއި ގާތްކޮށްފަ އެވެ. އަދި މިހާތަނަށް ވަނީ 32 މިލިޔަނަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޑަބްލިޔުއެޗްއޯގެ ހެޑް ޑރ. މައިކް ރަޔަން ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ނުލިބޭނަމަ މި އަދަދު މިއަށްވުރެ އިތުރުވުމަކީ ވެސް ވެދާނޭ ގޮތެކެވެ.

ކޮރޯނާވައިރަހުގެ ދެވަނަ ރާޅެއްގެ އަސަރު މިހާރު ގިނަ ޤައުމުތަކަށް ކުރަމުންދާއިރު، ކުރިން މި ވައިރަސް ފެނިފައިނުވާ ގިނަ ޤައުމުތަކަކުން ވަނީ ވައިރަސް ފެނިފައެވެ. އަދި ވައިރަސް މުޅިން ނައްތާލެވުނު ގިނަ ޤައުމުތަކަކުން ވެސް ވަނީ އަލުން ކޮރޯނާވައިރަހުގެ ކޭސްތައް ފެންނަން ފަށާފަ އެވެ.

ޑރ. މައިކް ވިދާޅުވިގޮތެއްގައި ޖުމްލަ ގޮތެއްގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީވެ، ގިނަ ސަރަހައްދުތަކަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެހެންނަމަވެސް ކުރިއާ އަޅާބަލާއިރު ކޮވިޑުގައި މީހުން މަރުވާ އަދަދު މަދުވުމުގެ ވެކްސިންގެ ކުރިން ދެ މިލިޔަން މީހުން ނުވިނަމަވެސް، ވެކްސިނަށް ފަހު މި އަދަދު ދެ މިލިޔަނަށް އަރާފާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ