އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/09/2020

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިލިޔަނަކާއި ގާތަށް، އަސްލު އަދަދު މިއަށްވުރެ އިތުރުވެދާނެ!

ދުނިޔޭގައި މިހާތަނަށް ސިއްހީ ނިޒާމު އެންމެ ކުރިއަރާފއިވާ ޤައުމުތަކުގައިވެސް ކޮވިޑް-19 ފެތުރެމުން ދިޔަ ހަލުވި ސްޕީޑްގެ ސަބަބުން ބަލި ޖެހި އަދި މަރުވި މީހުންގެ ސީދާ އަދަދު ވަނީ ދެނެނުގަނެވިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެކިކަންކޮޅުތަކުން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު މަދު ދުވަސްކޮޅެއްގެ ތެރޭގައި މިލިޔަނަކާއި އަރާ ހަމަކުރާނެ އެވެ. އެހެންނަމަވެސް، މިއީ ޔަގީން އަދަދެއް ނޫނެވެ. ކޮވިޑު ބަލީގައި މަރުވި މީހުންގެ އަސްލު އަދަދު މިލިޔަނަކަށް ވުރެ އިތުރުވުމަކީ ގާތްކަމެކެވެ.

އެގޮތުން މިހާތަނަށް ސިއްހީ މާހިރުން ހަދާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ގާތްގަނޑަށް 1.8 މިލިޔަން މީހުން ކޮވިޑު ބަލީގައި މަރުވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޔުނިވަރސިޓީ އޮފް މެލްބޯން ގްލޮބަލް ބާރޑެން އޮފް ޑިޒީސް ގްރޫޕްގެ ޑިރެކްޓަރ އަދި ޕްރޮފެސަރެއް ކަމަށްވާ އަލަން ލޮޕޭޒް ވަނީ މިއަހަރުގެ ނިމޭ ހިސާބަށް މި އަދަދު 3 މިލިޔަނަށް އަރާނޭކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮރޯނާވައިރަސް ފެތުރޭ ހަލުވި ސްޕީޑާއި އަދި އެއްވެސް އަލާމާތެއް ނެތި މީހުންނަށް ވައިރަސް ޖެހުމުގެ ސަބަބުން ކޮވިޑް-19އަށް މީހުން ޓެސްޓުކުރާ މިންވަރު ވަނީ ހީވެސް ނުކުރާ މިންވަރަށް މަދުވެފަ އެވެ.

ދުނިޔޭގައި މިހާތަނަށް ސިއްހީ ނިޒާމު އެންމެ ކުރިއަރާފއިވާ ޤައުމުތަކުގައިވެސް ކޮވިޑް-19 ފެތުރެމުން ދިޔަ ހަލުވި ސްޕީޑްގެ ސަބަބުން ބަލި ޖެހި އަދި މަރުވި މީހުންގެ ސީދާ އަދަދު ވަނީ ދެނެނުގަނެވިފަ އެވެ.

އެގޮތުން ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެނުނު އެމެރިކާއިން ވެސް މާޗް މަހާއި މެއި މަހާއި ދެމެދު ދިހަ ހާހަށްވުރެ ގިނަ ކޭސް ވަނީ ރެކޯޑު ނުވެވިއެވެ. މިހެން ދިމާވެފައިވަނީ އެ ދުވަސްވަރު އެމެރިކާއިން ހިޖުރަކުރި މީހުންގެ ތަފާސް ހިސާބުތައް ނުބެލެހެއްޓުމުން ކަމަށް ޖުލައި މަހުގައި ހެދި ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.

އެމެރިކާގެ އިތުރުން ދެވަނައަށް އެންމެ ގިނަ ކޮވިޑު ކޭސްތައް ފެނުނު އިންޑިޔާއިން ވެސް ވަނީ މިހާތަނަށް 5.9 މިލިޔަން ކޮވިޑު ކޭސް ފެނިފައެވެ. އަދި މިހާތަނަށް ދުނިޔެއިން ކޮވިޑުގައި މަރުވި 994,000 މީހުންގެތެރެއިން 90،000އަށްވުރެ ގިނަ މީހުން މަރުވެފައި ވަނީ އިންޑިޔާއިން ނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ