އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/09/2020

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައިން މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑުގެ ކޭސްތައް ފެންނަމުންދާ އަދަދު ރިކޯޑު އަދަދަކަށް ވަނީ އިތުރުވެފައި- ޑަބްލިޔުއެޗްއޯ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ މަރުވި މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

އމެރިކާގައި ރެކޯޑު އަދަދަކަށް ވައިރަސް ޖެހި އަދި މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ އެޤައުމުގެ ރިޔާސީ އިންތިހާބު ފެށުމަށް 41 ދުވަހަށް ވެފައި ވަނިކޮށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑުގެ ކޭސްތައް ފެންނަމުންދާ އަދަދު ރިކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

މިހާތަނަށް ތަފާސް ހިސާބުތަކުން ދައްކަގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 32 މިލިޔަން މީހުންނަށް ވަނީކޮވިޑޮ-19 ޖެހިފައެވެ. އަދި ޗައިނާގެ ވޫހާން ސިޓީއިން މި ވައިރަސް ފެނުނު ފަހުން 988،000 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ހުސްވި ހޯމަ ދުވަހު ވަނީ ސެޕްޓެމްބަރ 20 އާއި ހަމަޔަށް އެންމެ ހަފްތާއެއްގެ ތެރޭގައި 2 މިލިޔަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން މިހާތަނަށް ވަނީ  7 މިލިޔަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް ސިއްހީއެހީތެރިން ވެސް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ