އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/09/2020

މިދުވަސްވަރު ބޭރުން ކެއުމަކީ ރަނގަޅުކަމެއްތަ؟

ރައްޓެހިންނާއެކު، ނުވަތަ އާއިލާއާއެކު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ކާން ދިއުމުގައި ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/09/2020

Coronavirus COVID-19 CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހުގެ ނުރައްކާ ކުޑަވެ، ސަރުކާރުން މިވަނީ ނިއު ނޯމަލްގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. ކޮފީތަކަށް ދާން ބޭނުންވެ ނުދެވިފައި ތިބި ފަރާތްތަކަށް މި ދުވަސްވަރު ވެފައި މިވަނި ވަރަށްވެސް އުފާވެރި ދުވަސްކޮޅަކަށެވެ.

އެހެންނަމަވެސް ރައްޓެހިންނާއެކު، ނުވަތަ އާއިލާއާއެކު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ކާން ދިއުމުގައި ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ބުނެފައިވާގޮތުގައި ކޮރޯނާވައިރަހަކީ ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއް ނޫނެވެ. އޭގެ ބަދަލުގައި މި ނުރައްކާތެރި ވައިރަސް ފެތުރުމަށް މެދުވެރިވަނީ ވައިރަސް ހުރި މީހެއް ކެއްސާ ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ޖަރާސީމާއި އެކުވެގެންނެވެ. އަދި މި ވައިރަސް ކުރިމަތީގައި ހުންނަ މީހެއްގެ އަނގަ، ނޭފަތް ނުވަތަ ލޮލުންވެސް ހަށިގަނޑުގެ އެތެރެއަށް ވާސިލްވެއެވެ. އެންމެ ފަސޭހައިން ވައިރަސް ޖެހެނީ އެކަކު އަނެކަކާއި ވާހަކަދެއްކުމުގެ ތެރެއިންނެވެ.

އެހެންކަމަށް ވާނަމަ މިދުވަސްވަރު ރެސްޓޯރަންޓް ފަދަ ތަނަކަށް ކާން ދިއުމުގެ ކުރިން އެ ރެސްޓޯރަންޓެއްގެ އެތެރެއަކީ ކިހާ ރައްކާތެރިތަނެއްކަން ދެނެގަތުން މުހިއްމެވެ.

"މި ވައިރަހުގައި އޮންނަ ގޮތަކީ، މީހުންނާއި ބައްދަލުވާ އަވަސްމިނާއި އަދި ބައްދަލުވާއިރު ތިބޭ ގާތްކަމާއި އަދި ގިނަ ބަޔަކާއި ބައްދަލުވެ ވާހަކަދެކެވޭނަމަ މިކަމުގައި އޮތް ރިސްކް އެބަ ބޮޑުވޭ" ސީޑީސީގެ ކޯ ލީޑަރެއް ކަމަށްވާ ޑރ. ގްރޭންޑް ބަލްޑްވިން ވިދާޅުވެފައި ވެއެވެ.

ބޭރަށް ކާން ދިއުމުގެ ކުރިން

ބޭރަށް ކާން ދިއުމުގެ ކުރިން ކޮވިޑް-19 އާއި ގުޅުވައިގެން އަމިއްލަ ނަފްސާއި މި ސުވާލުތައް ކޮށް ޖަވާބުތައް ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

· ދިރިއުޅޭ ގޭގައި އުމުރުން 65 އަހަރުން މަތީގެ، ނުވަތަ ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ދިރިއުޅޭތަ؟

· ބޭރަށް ދާއިރު އެކީގައި ދާ މީހުން އަދި ބޭރުން ބައްދަލުވާ މީހުންވެސް ތިބާ އާއި އެއްވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނޭތަ؟

· ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްތަ؟

· ކިހާ އަވަހަކަށް ބޭނުންކުރާ ތަކެތި އެހެންމީހުންނާއި ޝެއާ ކުރަންތަ؟ ހަނދާން ބަހައްޓަންޖެހޭ ކަމަކީ ކޮރޯނާވައިރަހުގެ ޕެންޑަމިކްގައި ޝެއާ ކުރުމަކީ ކެއާކުރުމަށް ނުވާނޭ ކަމެވެ. އަދި ދާ ރެސްޓޯރަންޓްއިން ކޮންމެ ކަސްޓަމަރެއްވެސް ނުކުތުމުން އެ ތިބި ތަނެއް ރަނގަޅަށް ޑިސްއިންފެކްޓް ކުރިކަމުގެ ޔަގީންކަން އެބައޮތް ހެއްޔެވެ؟

ސީޑީސީއިން ރިސްކް ރޭޓުކުރާ މިންގަނޑު

އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ކޮވިޑް-19 ޕެންޑަމިކްގައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ބޭނުންކުރުމުގައި އެހެންމީހުންނަށް ނުރައްކާވެދާނެ ކަމަށް ބެލެވޭގޮތަށް ރިސްކް ރޭޓްކޮށް އޮނިގަނޑެއް ތައްޔަރުކޮށްފައެވެ.

ރިސްކް ކުޑަ

ކޮވިޑް-19 ޕެންޑަމިކްގައި އެންމެ ރިސްކް ކުޑަގޮތެއް ކަމުގައި ސީޑީސީއިން ބުނެފައިވަނީ އެތަނެއްގައި ތިބެ ކެއުމުގެ ބަދަލުގައި ކާއެއްޗެހި ޕެކްކޮށްގެން ގެންގޮސް ކެއުން ނޫނީ ދިރިއުޅޭ ގެއަކަށް ޑެލިވަރީ ކުރުމުން ކުރާ ފަރާތާއި ކޮންޓެކްޓް ނުވެ ކާއެއްޗެހި ލިބި ގަތުމެވެ.

ރިސްކް މެދުމިން

ރިސްކް މެދުމިނުގެ ގޮތުގައި ސީޑީސީއިން ބުނެފައިވަނީ ކާއެއްޗެހި ބަލާދިއުމާއި ޑެލިވަރީ ކުރުމުގެ ތެރެއިންނާއި، މަދުވެގެން ހަ ފޫޓަށްވުރެ ގާތްގާތުގައި މޭޒުތައް ބަހައްޓައިގެން ކެއުމުންނެވެ.

ރިސްކް ބޮޑު

ރިސްކް ބޮޑު ގޮތްތަކުގެ ތެރޭގައި ހިމެނެނީ ރެސްޓޯރަންޓުގެ އެތެރެ އަދި ބޭރުގައި ތިބެގެން ކެއުމާއި، ހަ ފޫޓަށް ވުރެ ގާތުގައި ތިބުމެވެ.

ރިސްކް އެންމެ ބޮޑު

އަދި ރިސްކް އެންމެ ބޮޑު ގޮތްތަކުގެ ތެރޭގައި ހިމެނެނީ ކުރިން މީހުން އައިސް ތިބޭތަނެއް ސާފުކުރުމުގެ ކުރިން އެތަނުގައި ތިބެގެން ކެއުމެވެ.

އެހެންކަމުން ސީޑީސީއިން ވަނީ ރެސްޓޯރަންޓަކަށް ނަމަވެސް ކާން ދިއުމުގެ ކުރިން އެތަނަށް ގުޅައި ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދިފައެވެ. އެގޮތުން ތަނުގައި ހިދުމަތްދޭ މީހުން ތިބެނީ މާސްކް އަޅާއިގެންތޯ އާއި ތަނުގައި މޭޒުތައް ބަހައްޓާފައި ހުންނަނީ ހަ ފޫޓު ދުރުގައިތޯ ފަދަ ސުވާލުތައް ކުރެވިދާނެއެވެ.

އަދި ވާނަމަ ދުރަލާ ރިޒަވޭޝަން ހައްދާ ދާން ބޭނުންވާ ގަޑިއަށް ބޭނުންވާ ކެއުމެއް ތައްޔާރުކޮށްދީފައި ބެހެއްޓުމަށްވެސް އެދެވިދާނެއެވެ. އެގޮތުން ތަނުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެ އެވެ.

ބޭރަށް ދިއުމަށްފަހު

ކުރިން ބުނި ކަންތަކަށް ވިސްނުމުގެ އިތުރުން ބޭރަށް ނުކުތުމަށްފަހުވެސް ތިބާ ސަމާލުކަން ދޭންވީ ކަންތައްތަކެއް އެބަހުއްޓެވެ.

· ބަލިނަމަ ބޭރަށް ނުދިއުން

· ކާ ވަގުތުގައި ފިޔަވައި ރެސްޓޯރަންޓުގެ އެތެރެ އަދި ބޭރުގައި ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން އުޅުން

· ތިބާ އާއެކު ދިރިނޫޅޭ މީހެއްނަމަ މަދުވެގެން 6 ފޫޓުގެ ދުރުމިނެއް ބެހެއްޓުން. އަދި ތަނަށް ވަދެނުކުމެ ހަދާއިރުވެސް ސޯޝަލް ޑިސްޓަންސް ބެހެއްޓުން

· ސެލްފް ސާވިސް ބުއިންތަކުން ދުރުވުން. އަދި ބުފޭ އާއި މެޝިން އާއި ވޯޓަރ ފައުންޓެއިންސްތަކުން ކާބޯތަކެތި ނުނެގުން

· ރެސްޓޯރަންޓުގައި ހުންނަ ތަކެތީގައި އަތްލުމުން ދުރުވުން.

ރާއްޖޭގައި ލޮކްޑައުންއަށް ލުއިތަކެއް ދިން ނަމަވެސް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އެހެން ބޭރަށް ކާން ނުކުތުމުގެ ކުރިން މިކަންކަމަށް ވިސްނުން މުހިއްމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ