އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/09/2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިނަށް ވުރެ ފޭސް މާސްކުގެ ދައުރު ބޮޑު – ސީޑީސީ

ވެކްސިނުން ރަނގަޅު ދިފާއީ ނިޒާމެއް އުފެދޭނެކަމުގެ ޔަގީންކަން އޮންނަނީ 70 އިންސައްތައަށް- ސީޑީސީ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/09/2020

Coronavirus COVID-19 CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިނަށްވުރެ ފޭސް މާސްކުން އަދާކުރާނެ ދައުރު މާބޮޑުވާނޭކަމަށް އެމެރިކާގައި ހުންނަ ސެންޓަރސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓަރ ޑރ. ރޮބާޓް ރެޑްފީލްޑް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމެރިކާގައި ހުންނަ އެޕްރޮޕްރިއޭޝަން ސަބްކޮމިޓީގެ ސެނެޓުގައި ވާހަކަދައްކަމުން ރެޑްފީލްޑް ވިދާޅުވީ ފޭސް މާސްކް އަކީ މިހާތަނަށް ވައިރަހާއި ދެކޮޅަށް އަހަރެމެންނަށް ލިބުނު އެންމެ ވަރުގަދަ ޑިފެންސް ކަމަށެވެ.

ހަމައެހެންމެ ވެކްސިން ޖަހާ 30 އިންސައްތަ މީހުންގެ ތެރެއިން އެއް އިންސައްތައިގެ މީހުން ރަނގަޅު ދިފާއީ ނިޒާމެއް ނުއުފެދޭކަމަށް ރެޑްފީލްޑް ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ މީހުން މާސްކް އަޅާނަމަ ލިބޭ ރައްކާތެރިކަން އިތުރުވާނޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މި ފޭސް މާސްކް ތަކަކީ މިހާރު އަހަރެމެންގެ ތެރޭގައި ހުރި އެންމެ މުހިއްމު އަދި އެންމެ ބާރުގަދަ އާންމު ސިއްހީ އާލާތް" ރެޑްފީލްޑް ވިދާޅުވެފައި ވެއެވެ.

 ހަމައެހެންމެ ދޫނުކޮށް މަދުވެގެން 12 ހަފްތާ ވަންދެން އެންމެ ރައްކާތެރިގޮތުގައި ފޭސް މާސްކް އަޅައިގެން އުޅޭނަމަ ޕެންޑަމިކް ކޮންޓްރޯލް ކުރެވޭނެކަމަށާއި މިކަމަށް ސައިންޓިފިކް ހެކިތައް ލިބިފައި ހުރިކަމަށްވެސް ރެޑްފީލްޑް ވަނީ ވިދާޅުވެފަ އެވެ.

އަދި ތަކުރާރުކޮށް ވެކްސިނަށްވުރެ ފޭސް މާސްކުގެ ރައްކާތެރިކަން ބޮޑުކަމަށް ވިދާޅުވަމުން ރެޑްފީލްޑް ވަނީ ވެކްސިނުން ރަނގަޅު ދިފާއީ ނިޒާމެއް އުފެދޭނެކަމުގެ ޔަގީންކަން އޮންނަނީ 70 އިންސައްތައަށް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ވެކްސިނުން ދިފާއީ ނިޒާމުގައި ވެކްސިނާއި ހަނގުރާމަ ކުރެވޭވަރަށް އެންޓިބޮޑީސް ނުއުފެއްދިއްޖެނަމަ ދެންވެސް އަހަރެމެން ރައްކާތެރިވާން އޮންނާ ގޮތަކީ ފޭސް މާސްކް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކުން ވެސް މިހާރު މިތިބީ ކޮވިޑަށް ވެކްސިނެއް އުފެއްދޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތަކުރާރުކޮށް ދަނީ ފޭސް މާސްކް އަޅައި އަތްދޮވެ، ގައިދުރުކަން ބެހެއްޓުމަށް ގޮވާލަމުންނެވެ.

މިހާތަނަށް ދުނިޔޭގައި އުފައްދާއިފައި ހުރި ވެކްސިންތަކުގެ ތެރެއިން 100 އިންސައްތަ ކާމިޔާބުވެފައި ވަނީ ވަރަށް މަދު ވެކްސިނެކެވެ. އަދި ކޮރޯނާވައިރަހުގެ އަސްލު މިހާތަނަށް ދެނެގަނެވިފައި ނުވާތީ މި ވައިރަހާއި ދެކޮޅަށް އުފައްދާ ވެކްސިނުން ކާމިޔާބު ވާނޭކަމަށް ބެލެވިފައި ވަނީ 70 އިންސައްތަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ