އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/09/2020

ފްރަންޓް ލައިންގައި މަސައްކަތްކުރާ 125 މީހެއްގެ ގައިން އެންޓި ބޮޑީ ފެނިފައިވޭ: އޭޑީކޭ

ޓެސްޓު ހަދާފައި ވަނީ ކޮވިޑް-19އަށް ރާއްޖޭގައި ކަނޑައަޅާފައިވާ ޕީސީއާރު ޓެސްޓު ނުހަދާ މީހުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިން ރާއްޖެ ރައްކާތެރިކޮށްދިނުމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ހިދުމަތުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންޓިބޮޑީ ޓެސްޓު ހެދި 3،004 މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ހިދުމަތުގެ މަސައްކަތް ކުރާ މީހުން އެންޓިބޮޑީ ޓެސްޓު ހެދުމަށް އޭޑީކޭ އިން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ޓެސްޓުތައް ހެދުމަށް އޭޑީކޭ އިން އެ ހަރަކާތް ހިންގާފައިވަނީ ހިލޭއެވެ.

އެ ހަރަކާތުގެ ނަތީޖާތައް އޭޑީކޭ އިން އިއްޔެ އާންމުކޮށްފައިވާ އިރު، ޓެސްޓު ހެދި 3،004 މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން ވަނީ އެންޓިބޮޑީ ފެނިފައެވެ. އެއީ ޓެސްޓު ހެދި 4.1 ޕަސަންޓު މީހުންނެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު އެންމެ ބޮޑު މީހުންގެ ތެރެއިން 6 ޕަސެންޓު މީހުން ގައިން އެންޓިބޮޑީ ފެނިފައި ވެ އެވެ. ސިއްހީ ދާއިރާގައި، ފަރުވާގައި މަސައްކަތްކުރާ 412 މީހުން ޓެސްޓުކުރިއިރު، އޭގެ ތެރެއިން 7 ޕަސަންޓު މީހުން ގައިން އެންޓިބޮޑީ ފެނުނެވެ. މީގެ އިތުރަށް ކުންފުނިތަކުގައި މަސައްކަތް ކުރާ 1،257 މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދި އިރު، އޭގެ ތެރެއިން ހަ ޕަސެންޓު މީހުންގެ ގައިން އެންޓިބޮޑީ ފެނިފައިވާ ކަަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ އިން ލަފާކުރާ ގޮތުގައި މާލެ ސަރަހައްދުގައި 90،000 ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން އުޅެއެވެ. އޭޑީކޭ އިން އެންޓިބޮޑީ ޓެސްޓު ހެދި އެންމެންނަކީ ވެސް ޕީސީއާރު ޓެސްޓެއް ހަދާފައިނުވާ މީހުންނަށްވާ އިރު، އެމީހުންނަކީ ކޮވިޑުގެ އަލާމާތްތައް ނުފެންނަ (އޭ ސިމްޓަމެޓިކް) މީހުން ކަމަށް ވެސް އެ ހޮސްޕިޓަލުން ލަފާކުރެއެވެ.

ޓެސްޓު ހަދާފައި ވަނީ ކޮވިޑް-19އަށް ރާއްޖޭގައި ކަނޑައަޅާފައިވާ ޕީސީއާރު ޓެސްޓު ނުހަދާ މީހުންނެވެ.

އެންޓިބޮޑީ ޓެސްޓު ހަދަނީ މީހަކަށް ކުރިން ކޮވިޑް ބަލި ޖެހިފައިވޭތޯ ބެލުމަށެވެ. ކުރިން ބަލި ޖެހިފައި ހުރި މީހުން ދެނެގަތުމަށް އެހެން ގައުމުތަކުގައި ވެސް އެންޓިބޮޑީ ޓެސްޓު ހަދައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ