އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 16/09/2020

ކޮވިޑް-19 އިން މަރުވި ކުޑަކުދިންނާއި ބޮޑެތިމީހުންގެ ފަރާތުން އެއްގޮތް ކަންތައްތަކެއް ފެނޭ

އެމެރިކާގައި ކޮވިޑް-19 އިން މަރުވި 121 ކުޑަކުދިންގެ ފަރާތުން ފެނުނު ސިއްހީ މައްސަލަތަކާއި މަރުވި އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ފެނުނު ސިއްހީ މައްސަލަތައް އެއްގޮތް ކަމަށް ސީޑީސީ އިން ބުނެފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 16/09/2020

Coronavirus COVID-19 CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގައި ކޮވިޑް-19ގެ ސަބަބުން މަރުވި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އެއްގޮތް ކަންތައްތަކެއް ފެންނަކަމަށް ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

މިޖަމިއްޔާއިން އަންގާރަ ދުވަހު ނެރެފައިވާ ރިޕޯޓުގައި ވަނީ ޖުލައި މަހުގެ ނިޔަލަށް 21 އަހަރުން ދަށުގެ 121 ކޭސް ހިމަނާފައެވެ. އުމުރުން ދުވަސްވީ މީހުންނެކޭ އެއްފަދައިން މި 121 ކޭހުގެ ފަރާތުންވެސް ސިއްހީ އެކި މައްސަލަތައް ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރޭގައި ނޭވާ ހިއްލުން ފަދަ ފުއްޕާމޭގެ މައްސަލަތަކާއި، ފަލަ ބަލި، ހިތުގެ މައްސަލަތައް އަދި އުފެދުމުގައި ދިމާވެފައި ހުރި މައްސަލަތައް ހިމެނެއެވެ.

ނަމަވެސް އެމެރިކާގައި ކޮވިޑް-19ގެ ސަބަބުން ކުޑަކުދިން މަރުވެފައިވަނީ މަދު އަދަދަކަށެވެ. ސީޑީސީއިން ރިޕޯޓު ކުރާ ގޮތުގައި މިބަލިން މަރުވި މީހުންގެ ތެރެއިން 0.08 އިންސައްތަ އަކީ ކުޑަކުދިންނެވެ.

މަރުވި 121 ކުދިންގެ ތެރެއިން 15 ކުދިންގެ ގައިންވަނީ މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމް ފެނިފައެވެ. މީގެ ސަބަބުން ހަށިގަނޑު ދުޅަވެ ހިތުގެ މައްސަލަތަކާއި ކުރިމަތިވެއެވެ. 

މީގެ އިތުރުން ސީޑީސީގެ ރިޕޯޓުން ދައްކާ ގޮތުގަައި މަރުވި ކުދިންގެ ތެރެއިން 66 އިންސައްތަ އަކީ ފިރިހެން ކުދިންނެވެ. އަދި ގިނައިން މަރުވެފައިވަނީ ދޮށީ އުމުރުފުރައިގެ ކުދިންެނެވެ. އެގޮތުން 17 އަހަރުން ދަށުގެ 71 ކުދިން މަރުވެފައިވާއިރު 18 އަހަރާއި 20 އަހަރާއި ދެމެދުގެ 50 ކުއްޖަކު ވަނީ މަރުވެފައެވެ.

ސިއްހީ މާހިރުން އަދިވެސް ދަނީ އުމުރުން ދޮށީވާވަރަކަށް ކޮވިޑް-19 އާއި ގުޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވަނީ ކީއްވެގެންތޯ ދިރާސާ ކުރަމުންނެވެ. ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ، ޑރ. އެންޑްރިއު ޕާވިއާ ވިދާޅުވަނީ އެއީ ތުއްތު ކުދިންގެ ފުއްޕާ މޭގައި ވައިރަސް ހަރުލާނެ ތަންތަން މަދުވުމުންނެވެ. އަދި މީގެ އަނެއް ސަބަބަކީ އެކުދިންގެ ދިފާއީ ނިޒާމު ވަރުގަދަ ވުމެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ސަބަބުން 33 މީހަކު މަރުވެފައިވާއިރު، މީގެ ތެރޭގައި ކުޑަކުއްޖަކު ނުހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ