އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/09/2020

ގޫގަލްގައި ގޭސްޓްރިކްގެ އަލާމާތްތައް ސާޗުކުރުން ގިނަވެއްޖެ، މިއީ ކޮވިޑުގެ ނިޝާންތަކަކަށް ވެސް ވެދާނެ!

މިގޮތަށް އެންމެ ގިނައިން ސާޗުކުރާ ސަރަހައްދުތަކަކީ ކޮވިޑުގެ ނުރައްކާ ބޮޑު ސަރަހައްދުތަކެއްގެ ގޮތުގައި ބެލެވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/09/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ފަހަކަށް އައިސް ގޫގަލް ގައި ގޭސްޓްރޮއިންޓެސްޓައިނަލް އަލާމާތްތަކާއި ގުޅޭގޮތުން މީހުން ސާޗުކުރާވަރު ގިނަވެފައިވާ ކަމަށާއި، އަދި މިއީ ކޮވިޑުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި ސައިންސްވެރިން ލަފާކޮށްފި އެވެ.

ޖާނަލް ކްލިނިކަލް ގޭސްޓްރޮއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ ގައި ޝާއިއުކުރި މި ދިރާސާގައި ވަނީ ގޫގަލްގައި މި ދުވަސްވަރު ގޭސްޓްރިކް ވުމާއި ގުޅޭގޮތުން ސާޗުކުރުން އިތުރުވެފަވާ ކަމަށް ބުނެފަ އެވެ. އަދި މިގޮތަށް އެންމެ ގިނައިން ސާޗުކުރާ ސަރަހައްދުތަކަކީ ކޮވިޑުގެ ނުރައްކާ ބޮޑު ސަރަހައްދުތަކެއްގެ ގޮތުގައި ބެލެވޭކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ މަސަޗޫސަޓްސް ޖެނެރަލް ހޮސްޕިޓަލްގެ ރިސާޗަރުން ހެދި މި ދިރާސާއަށް ފަހުވަނީ ގޭސްޓްރިކްގެ އަލާމާތްތަކަކީ ކޮވިޑް-19ގެ ފުރަތަމަ ކޮޅު ފެންނާނޭ ބައެއް އަލާމާތްތައް ކަމަށް ބުނެފަ އެވެ.

އެގޮތުން ޖެނުއަރީ 20 -–އޭޕްރީލް 20 އާއި ހަމަޔަށް ކާއެއްޗެހީގައި ރަހަ ނުލުން/ވަސް ނުދުވުން އަދި ބޭރަށް ހިންގުން ފަދަ އަލާމާތްތައް ވަނީ ސާޗުކޮށްފަ އެވެ. މިއީ ކޮވިޑުގެ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ނިޝާންތަކެކެވެ.

އޭގެފަހުން ބޮސްޓަންގައި ހުންނަ މި ހޮސްޕިޓަލުން މީގެކުރިން ހިންގި މިފަދަ ފުރަތަމަ ދިރާސާގައި ވަނީ ނިއުޔޯކް، ނިއު ޖާރޒީ، ކެލިފޯނިއާ، މަސަޗޫސަޓްސް އަދި އިލިނޮއި ފަދަ އެމެރިކާގެ ބޮޑެތި ސްޓޭޓްތަކުން ގިނަ ބަޔަކު ކޮވިޑް-19 އާއި ގުޅުން ހުރި ކުރިން ބުނެފައިވާ ފަދަ އަލާމާތްތައް ސާޗުކޮށްފައި ވާކަމަށް ބުނެފަ އެވެ.

މި ސްޓޭޓްތަކުގައި އޭގެ ތިން ހަތަރު ހަފްތާ ފަހުން ވަނީ ހަލުވި ސްޕީޑެއްގައި ކޮވިޑް-19 ފެތުރި ގިނަ ބަޔަކު މަރުވެފަ އެވެ.

މި ދިރާސާގައި ވަނީ މީގެ ޤަރުނެއް ކުރިން އިންފުލުއެންޒާ ފެތުރުނު އިރުވެސް ގޫގަލްގައި ބަލީގެ އަލާމާތްތައް ގިނަ ބަޔަކު ސާޗުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި މީގެ ސަބަބުން ބަލި ޖެހިފައި ތިބި ގިނަ ބަޔަކު އޭރުވަނީ ދެނެގަނެފަ އެވެ.

މި ދިރާސާގައި ވަނީ އާންމުގޮތެއްގައި ކޮވިޑް-19 ޖެހޭ މީހުންނަށް ގޭސްޓްރިކާއި އެއްގޮތް އަލާމާތްތައް ކަމަށްވާ ދަށްބަނޑުގައި ރިއްސުން، ބޭރަށް ހިންގުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

"އަހަރެމެން މި ހެދި ދިރާސާގެ އަލީގައި ވަނީ ގޫގަލް ޓްރެންޑްސް މެދުވެރިކޮށް ކޮވިޑާއި ގުޅުންހުރި މިފަދަ އަލާމާތްތައް ސާޗުކުރާ ސަރަހައްދުތައް ދެނެގަތުމަށް ފަސޭހަވާނޭކަން ހޯދިފައި" ދިރާސާގައި މަސައްކަތް ކޮށްފައިވާ ގޭސްޓްރޮއެންޓްރޮލޮޖިސްޓެއް ކަމަށްވާ ޑރ. ކައިލް ސްޓޯލާރ ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ