އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/09/2020

މިދުވަސްވަރު ބޭރުން ކެއުމަކީ ކުރެވޭނެ އެންމެ ރިސްކް ބޮޑު ކަންތައް- ސީޑީސީ

ބޭރަށް ކެއުންބުއިމަށް ގޮސް އުޅޭ ހާލަތްތަކުގައި ވެސް، ކާ ވަގުތު ފިޔަވައި އެހެނިހެން ވަގުތު ތަކުގައި މާސްކް އަޅާއި ގައިދުރުކަން ބަހައްޓާ- ސީޑީސީ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/09/2020

Research Coronavirus COVID-19 CDC
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ޕެންޑަމިކްގައި ކުރެވޭނެ އެންމެ ރިސްކް ބޮޑު ކަންތައްތަކަކީ ބޭރުން ކެއުންކަމަށް އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީޑީސީ) ބުނެފި އެވެ.

އެމެރިކާގައި ޖުމްލަ 314 ބޮޑެތި މީހުންނާއެކު ހެދި ދިރާސާއެއްގައި ވަނީ ރެސްޓޯރަންޓް ފަދަ ތަންތަނަށް މި ދުވަސްވަރު ކާން ގޮސްގެން ވައިރަސް ޖެހުމުގެ ފުރުސަތު ދެގުނައަށް އޮތްކަމަށް ބުނެފަ އެވެ.

"ކޭސް ކޮންޓްރޯލް އިންވެސްޓިގޭޝަނުން ހެދި ދިރާސާއިން ދައްކާގޮތުގައި ކޮވިޑް އަލާމާތްތައް ފެނިގެން އެމެރިކާގެ 11 ހެލްތު ކެއާ ފެސިލިޓީއަކަށް ދިޔަ ގިނަ މީހުންނަކީ ވައިރަސް ޖެހެން މެދުވެރިވީ ކިހިނެތްކަން ޔަގީންނުވާ ނުވަތަ ކާބޯތަކެތި ވިއްކާ ތަންތަނުން ވައިރަސް ޖެހިފައިވާ މީހުން." ސީޑީސީއިން ބުނެފައި ވެއެވެ.

ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައި ވަނީ ސީޑީސީއިން ކޮރޯނާވައިރަހަށް ޓެސްޓުކުރި 314 މީހުންގެ ތެރެއިން އެއްބަޔަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، އަނެއް ބަޔަކު ވައިރަހަށް ނެގަޓިވްވެފަ އެވެ. މި ޓެސްޓުތައް ހަދާފައިވަނީ 10 ސިޓީއަކުންނެވެ.

މި ދިރާސާ ހެދުމަށް ރިސާޗަރުން ވަނީ ދިރާސާގެ ބައިވެރިން ދެ ހަފްތާ ތެރޭގައި ދިޔަ ތަންތަނާއި ދިޔައީ މާސްކް އަޅައިގެންތޯ އާއި ރެސްޓޯރަންޓާއި ސެލޫން ފަދަ ތަނަކަށް ދިޔަތޯ ސުވާލުކޮށްފަ އެވެ.

އަދި ކޮވިޑަށް ޕޮޒިޓިވް އަދި ނެގެޓިވް ވި މީހުންވެސް ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުން ފިޔަވައި ދެން ކުރި ހުރިހާ ސުވާލަކަށްވެސް ދީފައިވަނީ އެއްގޮތް ޖަވާބުތަކެކެވެ. ނަމަވެސް ކޮވިޑަށް ނެގަޓިވްވި މީހުންނާއި ހިލާފަށް ޕޮޒިޓިވްވި މީހުން މިފަދަ ތަންތަނަށް ގޮސްފައިވާކަމަށް ވަނީ ބުނެފަ އެވެ.

"މީގެތެރޭގައި ރެސްޓޯރަންޓްގެ އެތެރެ، ބޭރު އަދި ޕާޓިޝަން ޖަހައިގެން ވަކިކޮށްފައި ހުންނަ ތަންތަންވެސް ހިމެނޭ" ސީޑީސީއިން ބުނެފައި ވެއެވެ.

މީގެއިތުރުން ކޮވިޑް-19 ދުވަސްވަރު ރެސްޓޯރަންޓުތަކުން ކެއުމަކީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް ސީޑީސީއިން ވަނީ ބޭރަށް ކެއުންބުއިމަށް ގޮސް އުޅޭ ހާލަތްތަކުގައި ވެސް، ކާ ވަގުތު ފިޔަވައި އެހެނިހެން ވަގުތު ތަކުގައި މާސްކް އަޅާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ