އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/09/2020

އަސްޓްރާޒެނިކާ އާއި ގުޅިގެން އޮކްސްފޯޑުން ވެކްސިންގެ މަސައްކަތް އަލުން ފަށަން ނިންމައިފި

ވެކްސިންގެ ޓްރަޔަލް މެދުކެނޑުމަށް މެދުވެރިވީ ވެކްސިން ދިން މީހުންގެ ތެރެއިން އެކަކަށް ސައިޑްއިފެކްޓްސްގެ އަސަރު މާބޮޑަށްކޮށް ބަލިވި ކަމަށް ބެލެވުމުން ފާއިތުވި އަންގާރަ ދުވަހު އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިގެ ވެކްސިން ގެ ޓްރަޔަލް ކުޑަ ދުވަސްކޮޅަކަށް މެދުކެނޑުމަށް ފަހު އޮކްސްފޯޑް ޔުނިވާސީޓީއިން އަސްޓްރާޒެނިކާއި ގުޅިގެން ވެކްސިންގެ މަސައްކަތް އަލުން ފަށަން ނިންމައިފި އެވެ.

އޮކްސްފޯޑުން ކުރިއަށް ގެންދިޔަ ވެކްސިންގެ ޓްރަޔަލް މެދުކެނޑުމަށް މެދުވެރިވީ ވެކްސިން ދިން މީހުންގެ ތެރެއިން އެކަކަށް ސައިޑްއިފެކްޓްސްގެ އަސަރު މާބޮޑަށްކޮށް ބަލިވި ކަމަށް ބެލެވުމުން ފާއިތުވި އަންގާރަ ދުވަހު އެވެ. ނަމަވެސް، ހޮނިހިރު ދުވަހު ޔުނިވާސިޓީން ބުނީ އެތަނުން އުފައްދާ ވެކްސިނަކީ ސަލާމަތީ އެއްޗެއްކަން ވަނީ ޔަގީން ކުރެވިފައި ކަމަށެވެ.

މިގޮތަށް ނިންމީ ބޭސްތަކުގެ ސަލާމަތީ ކަންކަން ބަލާ މިނިވަން ބޮޑީއެއް ކަމަށްވާ މެޑިސިންސް އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދަ ދިނުމުން ކަމަށް ވެސް އޮކްސްފޯޑުން ބުންޏެވެ.

އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ ވަނީ މި ހަބަރާއި ގުޅިގެން މަރުހަބާ ދަންނަވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީގެ މަސައްކަތްތައް މަޑުޖެހުނީ ސަލާމަތީ ކަންތައްތަކަށް އެންމެ އިސްކަމެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން އެ ގައުމުގެ ސައިންސްވެރިންނަށް ފުރިހަމަ ވެކްސިން އެއް އުފެއްދުމަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވެކްސިނަކީ މިހާރު ކޮވިޑް-19 އާ ދެކޮޅަށް އުފައްދާ ޓެސްޓްކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވާނެ އަދި އެންމެ ރަނގަޅު އެއް ވެކްސިނަށް ވާނެ ކަމުގެ އުންމީދު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކަ އެވެ.

އޮކްސްފޯޑުން ކުރިން ވެކްސިން ދީގެން ސައިޑް އިފެކްޓެއް ދިމާވި ބަލި މީހާގެ މައުލޫމާތެއް ސިއްރު ހިފެހެއްޓުމުގެ ގޮތުން ހާމައެއް ނުކުރެ އެވެެ. އެކަމަކު ނިއުޔޯކް ޓައިމްސް އިން ބުނިގޮތުގައި ވޮލަންޓިއަރު ވަނީ ޓްރާންސްވާސް މިޔެލައިޓިސް ކިޔާ ބައްޔަކަށް ޕޮޒިޓިވްވެފަ އެވެ. މިބައްޔަކީ ސްޕައިނަލް ކޯޑް ދުޅަވާ ބައްޔެކެވެ.

އޮކްސްފޯޑްގެ މި ވެކްސިންގެ ފަހު މަރުހަލާ ކުރިއަށް ގެންދަނީ އިނގިރޭސި ވިލާތާއި އެމެރިކާ އާއި ބްރެޒިލް އަދި ސައުތު އެފްރިކާގެ 30،000 މީހުން ބޭނުންކޮށްގެންނެވެ. ފުރަތަމަ ފޭހާއި ދެ ވަނަ ފޭސް ކާމިޔާބުވެ އުންމީދު ބޮޑުވެފައި ވާއިރު މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ