އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/09/2020

އިންޑިޔާއިން މިއަދު ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 4.6 މިލިޔަނަށް އަރައިފި

ދުނިޔޭގައި މިހާތަނަށް ކޮވިޑު ފެނުނު ޤައުމުތަކުގެ ތެރެއިން އެންމެ ބާރު ސްޕީޑެއްގައި ވައިރަސް ފެތުރެމުންދަނީ އިންޑިޔާގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިޔާއިން މިއަދު 97،570 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ޤައުމުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4.6 މިލިޔަނަށް އަރައިފި އެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓުތަކުން މިއަދު އެޤައުމުން ވަނީ 1،201 މީހުން ކޮވިޑު ބަލީގައި މަރުވެފަ އެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 77،472އަށް އަރާފަ އެވެ.

ދުނިޔޭގައި މިހާތަނަށް ކޮވިޑު ފެނުނު ޤައުމުތަކުގެ ތެރެއިން އެންމެ ބާރު ސްޕީޑެއްގައި ވައިރަސް ފެތުރެމުންދަނީ އިންޑިޔާގަ އެވެ. އެގޮތުން އިންޑިޔާ އޮތީ މިހާރު ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވި ޤައުމުގެ ގޮތުގައެވެ. އެއްވަނައިގައި ހިމެނެނީ އަދިވެސް އެމެރިކާ އެވެ.

އިންޑިޔާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި އެޤައުމުގައި ކޮވިޑް ޖެހުނު ހަތަރު މީހެއްގެ ތެރެއިން ތިން މީހެއް ވަނީ ބަލިން ރަނގަޅުވެފަ އެވެ. އިންޑިޔާގައި ބަލިން ރަނގަޅުވާ މީހުންގެ ރޭޓް އޮތީ 77.7 އިންސައްތައިގަ އެވެ.

"ކޮވިޑް-19ގެ އެކްޓިވް ކޭސްތަކާއި އަދި ބަލިން ރަނގަޅުވާ ކޭސްތަކުގެ ފަރަގަށް ބަލާއިރު ރަނގަޅުވާ އިންސައްތަ ކުރިއަށް އަރައިގެން ދަނީ ހީވެސް ނުކުރާހާ ބާރުމިނެއްގައި" އެޤައުމުގެ ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

އިންޑިޔާގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައި އޮތީ މަހާރާޝްތްރަ ސްޓޭޓްގަ އެވެ. އެ ޤައުމުގައި އެންމެ ބައިބޯ މި ސްޓޭޓުން އެކަނިވެސް ވަނީ 1 މިލިޔަން މީހުން ޕޮޒިޓިވްވެ، 28،000 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ