އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/09/2020

ފުރަތަމަ ފަހަރަށް ރާއްޖޭގައި ލެޓާޖޭ އޮޕަރޭޝަނެއް ކޮށްފި

ލެޓާޖޭ އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/09/2020

Latarjet Dr Azim Ahmed Dr. Abdul Samad Memorial Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓާޖޭ އޮޕަރޭޝަނެއް ގދ. ތިނަދޫގައި ހުންނަ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކާމިޔާބު ކަމާއެކު ކޮށްފިއެވެ.

ކިނބިއްސެއް އެޅުން ފަދަ ވަރަށް ކުޑަކުޑަ ހަރަކާތަކުން ވެސް 30 އަށްވުރެ ގިނަފަހަރު ކޮނޑުހުުޅު ނެއްޓިފައިވާ އުމުރުން 70 އަހަރުގެ މީހެއްގެ އެ ހުޅު ރަނގަޅު ކުރުމަށް، މި އޮޕަރޭޝަން ކުރެއްވީ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކަށީގެ ހާއްސަ ޑޮކްޓަރު އާޒިމް އަހުމަދެވެ.

ލެޓާޖޭ އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ ކޮނޑުހުޅު ކައިރިގައި ހުންނަ ކަށިކޮޅެއް ހުޅު އެތެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަނުގައި ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވީ އާޒިމް އެކަންޏެވެ. އާއްމުކޮށް އެހެން ޑޮކްޓަރުންގެ ޓީމަކާ އެކު ކުރާ މި އޮޕަރޭޝަން، އޭނާގެ އެކަނި މަސައްކަތުން ކާމިޔާބުވުމަކީ، އެ ހޮސްޕިޓަލުން ދެކޭ ގޮތުގައި، ވަރަށް ބޮޑު ޝަރަފެކެވެ.

އެ ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަނަކީ ކަށީގެ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް އޮޕަރޭޝަން ކަމަށާއި މި އޮޕަރޭޝަން ކުރެވުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ