އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/09/2020

މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 80 މީހުން، ބަލިން ރަނގަޅުވީ 159 މީހުން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ފާއިތުވި 24 ގަޑިއިރުތެރޭގައި 80 މީހުން ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި 80 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެއްސަކާއި 20 ބިދޭސީ އެކެވެ.

އެގޮތުން މިއަދު ރާއްޖޭގެ 39 ރަށަކާއި 20 ރިސޯޓަކުން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ރިސޯޓުތަކުން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި 17 ފަތުރުވެރިންނާއި 45 މުވައްޒަފުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި 80 ކޭސް އާއެކު މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 8،361އަށް އަރާފައެވެ. މީގެތެރެއިން މިހާރު ބަލިން ރަނގަޅު ނުވެ ތިބީ 2،684 މީހުންނެވެ. އަދި 162 މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މިއަދު ކޮވިޑުން ރަނގަޅު ވެފައިވަނީ 159 މީހުންނެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 5،642 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް 29 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ