އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/09/2020

ދިމާވާ އެންމެންނަކީ ވެސް އަލާމާތެއް ނެތި ކޮވިޑު ޖެހިފައި ހުރި މީހެއް ގޮތަށް ވިސްނަންވީ ކީއްވެ؟

އެހެންމީހުންނެކޭ އެއްގޮތަށް ހުދު ތިބާގެ އަމަލުތައް ވެސް ބަހައްޓަންވީ ވައިރަސް ޖެހިފައި ހުރި މީހަކާއި އެއްގޮތަށެވެ. (ފޮޓޯ: އަވަސް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހުގެ ވާހަކަ ތަންކޮޅެއް މަޑުވިޔަސް ބަލީގެ ނުރައްކާ އަދިވެސް ކުޑައެއް ނުވެއެވެ. ރާއްޖޭގެ އިތުރުން އަވައްޓެރި ގިނަ ޤައުމުތަކުން އަދިވެސް ދަނީ މި ވައިރަހަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. އެހެންކަމުން ކުރީގެ އާންމު ހާލަތަށް އެނބުރި ދިއުމުގެ ބަދަލުގައި މި ވައިރަހާއެކު ދިރިއުޅެން އެންމެންވެސް ހޭނެން އެބަޖެހެއެވެ.

ވައިރަހާއެކު ދިރިއުޅެމޭ މި ބުނަނީ ދިރިއުޅޭ ގޭތެރެއިން ފެށިގެން ދިމާވާ ކޮންމެ މީހެއްގެ ފުށުންވެސް މި ވައިރަސް ޖެހިދާނެކަމަށް ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިރިއުޅެން ދަސްކުރުމެވެ. ހާއްސަކޮށް ބަލީގެ އަލާމާތްތައް ނުފެންނަ މީހުންނަށް ބޮޑަށް ސަމާލު ވުމެވެ.

އެކި މީހުންގެ ހަށިގަނޑުން އާންމު ގޮތެއްގައި ކޮވިޑުގެ އަލާމާތްތައް ފެންނަނީ އެކި ވަރަށެވެ. އޭގެތެރޭގައި ބަލީގެ އަލާމާތްތައް އެއްގޮތަކަށް ވެސް ނުފެންނަ މީހުންވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުގައި އަލާމާތެއް ނެތި ކޮވިޑު ޖެހިފައި ތިބޭ މީހުންނަކީ ލެބޯޓްރީއިން ހަދާ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވާ އެހެންނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ. ބުނެވޭގޮތުގައި މިފަދަ މީހުންގެ ފަރާތުން ކޮވިޑު ޖެހުމުގެ ފުރުސަތު އެތައް ގުނައެއް އިތުރެވެ.

ދާދިފަހުން ހެދި ދިރާސާއެއްގައި ވަނީ ދުނިޔޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެން މެދުވެރިފައިވަނީ އަލާމާތެއް ނެތި ކޮވިޑު ޖެހިފައި ތިބޭ މީހުންގެ ޒަރިއްޔާއިން ކަމަށް ބުނެފަ އެވެ.

އިންޑިޔާގެ "ދަ ޕްރިންޓު" ޖާނަލްގައި އާންމުކުރި މި ރިޕޯޓުގައި ބުނެފައިވާގޮތުން އެޤައުމުގައި ކޮރޯނާވައިރަސް ޖެހިފައި ތިބި 80 އިންސައްތަ މީހުންނަކީ އިންޓަރގްރޭޓެޑް ޑިޒީސް ސާރވައިލަންސް ޕްރޮގްރާމުން ދައްކާގޮތުގައި ބަލީގެ ޓެސްޓު ހަދައިގެން ޕޮޒިޓިވްވެފައިވާ މީހުންނެވެ. ހައިރާންކުރުވަނިވި މި ނަތީޖާއިން ޔަގީންވާ އެއްކަމަކީ މި ޕެންޑަމިކްގެ އަސްލަކީ ވައިރަސް ޖެހި އެއްވެސް އަލާމާތެއް ނުފެނުމެވެ.

މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 165 ޖަމިއްޔާތަކާއި ޔުނިވަރސިޓީތަކުން ކޮވިޑުގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މަކުގައި ކާމިޔާބީއަށް އަދިވެސް އެއްވެސް ބަޔަކަށް ވާސިލް ވެވިފައެއް ނެތެވެ. އެހެންކަމުން އަހަރެމެންގެ އާންމު ދިރިއުޅުމުގެ ތެރއިން ވައިރަހުގެ ނުރައްކަލަށް ވިސްނުން މުހިއްމު ވަނީ މިހެންވެއެވެ.

ތިރީގައި މި ގެނެސްދެނީ ދިމާވާ އެންމެންނަކީ ވެސް އަލާމާތެއް ނެތި ކޮވިޑު ޖެހިފައި ހުރި މީހެއް ގޮތަށް ވިސްނަންވީ ތިން ސަބަބެވެ.

1. ޖާދޫއަކުން ކޮވިޑް-19 ނައްތާނުލެވޭނެކަން

ކޮންމެ ދުވަހެއްގެ ތަފާސް ހިސާބުތަކަށް ބަލާލާ ނަމަވެސް މިހާރު އަހަރެމެންނަށް މި ވައިރަހުގެ ނުރައްކާ އޮންނާނީ ކަށަވަރު ވެފައެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ ހަރުކަށި ފިޔަވަޅުތަކާއެކު ވައިރަސް ފެތުރޭ މިންވަރު ކުޑަކޮށްފައި ވިނަމަވެސް ގިނަ ޤައުމުތަކުގައި މި ވައިރަސް ޖެހޭ އަދަދު މަދެއް ނޫނެވެ. އެހެންނަމަވެސް ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ވައިރަހުން ދިފާއުކޮށްދޭ އެންޓިބޮޑީސް އުފެދޭ ވާހަކައަކީ ވެސް މުޅިން ދޮގު ވާހަކައެއް ނޫނެވެ.

އެހެންނަމަވެސް ދިރާސާއިން ދައްކާގޮތުގައި މިގޮތަށް ވައިރަހުގެ އެދެވޭ ނަތީޖާ ފެންނަން އޮތީ ދުނިޔޭގެ 70 އިންސައްތަ އާބާދީއަށް ވައިރަސް ޖެހިގެންނެވެ. މިއީ ނުރައްކާތެރި އަދި ރިސްކް ބޮޑު ގޮތެކެވެ.

2. ކޮރޯނާވައިރަސް ވެކްސިނެއް ލިބުމަށް އަދިވެސް އަށެއްކަ މަސް ނަގާނެ

މިހާތަނަށް ދުނިޔޭގައި އުފެއްދުމަށް މަސައްކަތްކ ކުރަމުންދާ ކޮރޯނާވައިރަސް ވެކްސިންތަކުގެ ތެރެއިން 30 ވެކްސިނެއް މިހާރު އޮތީ އިންސާނުން ޓެސްޓު ކުރާ މަރުހަލާގައެވެ. ނަމަވެސް 2020ގެ ކުރިން މި މަރުހަލާ ނިމޭނެކަމާއި މެދު ޝައްކުކަމަށް ސައިންސްވެރިން ބުނެއެވެ.

ވިސްނަންވީ ކަމަކީ ވެކްސިނެއް އުފެއްދުމަކީ އެކަމަށް ވަރަށް ގިނަ ދުވަސްތަކެއް ހޭދަވާކަމެކެވެ. އެހެންގޮތަކަށް ބުނަނީ ނަމަ އެތައް އަހަރެއް އެކަމަށް ހޭދަވެއެވެ. އެހެންކަމުން ވެކްސިނެއް އުފެއްދެންދެން ވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓައި ސަލާމަތީ ރައްކާތެރިކަން ގެންގުޅެންޖެހެ އެވެ.

3. އަހަރެމެން ދެން ދިރިއުޅޭނީ މި އާ އާންމު ހާލާތާއި އެކު

އެންމެ މުހިއްމު ކަމަކަށް މިކަންތައް އަދިވެސް ކުރިއަށް ދާނޭކަން ހަނދާނުގައި ބެހެއްޓުން މުހިއްމެވެ. މިކަމަށް ހޭނެންވީ އަހަރުމެންނެވެ. އޮފީސްތަކާއި ސްކޫލްތައް ހުޅުވި ނަމަވެސް އެތައް ކަމެއް ބަދަލުވާނެއެވެ. އަދި މި ހުރިހާ ބަދަލުތަކަކީ އަހަރެމެންގެ އާންމު ޙާލަތުކަމަށް ދެކެން އެބަޖެހެއެވެ.

އެހެންމީހުންނެކޭ އެއްގޮތަށް ހުދު ތިބާގެ އަމަލުތައް ވެސް ބަހައްޓަންވީ ވައިރަސް ޖެހިފައި ހުރި މީހަކާއި އެއްގޮތަށެވެ. ބޭރަށް ނުކުންއިރު މާސްކް އެޅުމާއި، ސެނެޓައިޒާ ގެންދިއުމުގެ އިތުރުން ވައިރަސް ހުރެދާނެކަމަށް ވިސްނާ ބޭނުން ނެތްގޮތުގައި ތަންތަނުގައި އަތްލުން މަދުކޮށް ގިނަގިނައިން އަތް ދޮންނަން ޖެހެއެވެ. ހާއްސަކޮށް މީހުންގެ ތެރޭގައި ނުކުމެ އުޅޭއިރުގަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ