އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/09/2020

މިއަދު 199 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އަދަދު 8،000 އަށްވުރެ މައްޗަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/09/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން 199 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އެއީ 145 މީހުންނެވެ. އެއާއެކު ބަންގްލަދޭޝްގެ 42 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ލަންކާގެ ތިން މީހުންގެ އިތުރުން، އެމެރިކާގެ ދެ މީހުންނާއި ޗައިނާ އާއި ޖަޕާނުގެ ދެ މީހުން ހިމެނެ އެވެ.

މިއަދު ޕޮޒިޓިވްވި 199 ކޭހުގެ ތެރެއިން 31 ކޭހަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން 168 މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު ވަނީ ހަތް ރަށަކާއި އެކި ރިސޯޓުތަކުން 31 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ މާލެ ނޫން ތަނަކުން މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ރަށްރަށުން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެފައިވާ ކަން އެނގުނީ 14 ދުވަހުގެ ހޯމް ކަރަންޓީނަށް ފަހު ދޫކޮށްލަން ހެދި ޓެސްޓުންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 8،003 އަށް ވަނީ އަރައިފައެވެ. މިވަގުތު ބައްޔަސް ފަރުވާ ހޯދަމުން ދަނީ 2،703 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،395 މީހުން ތިބިއިރު، އެޑްމިޓް ކޮށްގެން 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑު ބަލީގައި 29 މީހަކު ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ