އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/08/2020

ކޮވިޑް-19: ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ކުޑަ- ދިރާސާ

އިނގިރޭސިވިލާތުގެ 138 ހޮސްޕިޓަލަކަށް އެޑްމިޓް ކުރެވުނު ބަލިމީހުން ހިމަނައިގެން ހެދި ދިރާސާއިން ދައްކާގޮތުގައި މީގެ ތެރެއިން 1 އިންސައްތަ ބަލިމީހުންނަކީ ކުޑަކުދިންނެވެ. (ފޮޓޯ: މިހާރު)
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/08/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބޮޑެތި މީހުންނާއި އަޅާބަލާއިރު ކުޑަކުދިންނާއި ޒުވާނުން ކޮވިޑް-19 ގެ ސަބަބުން ސީރިއަސް ހާލަތަކަށް ދިޔުމުގެ ފުރުސަތު ކުޑކަމަށް އިނގިރޭސިވިލާތުގެ ދިރާސާވެރިން ބުނެފިއެވެ. އަދި ބަލީގެ ސަބަބުން ކުޑަކުދިން މަރުވުމަކީ ނާދިރުކަމެއްގެ ގޮތުގައި ދިރާސާވެރިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ 138 ހޮސްޕިޓަލަކަށް އެޑްމިޓް ކުރެވުނު ބަލިމީހުން ހިމަނައިގެން ހެދި ދިރާސާއިން ދައްކާގޮތުގައި މީގެ ތެރެއިން 1 އިންސައްތަ ބަލިމީހުންނަކީ ކުޑަކުދިންނެވެ. އަދި މިކުދިންގެ ތެރެއިން މަރުވެފައިވަނީ 1 އިންސައްތަ ނުވަތަ 6 ކުދިންނެވެ.

މިހޯދުންތައް ވަނީ ބްރިޓިޝް މެޑިކަލް ޖަރނަލް (ބީއެމްޖޭ) ގައި ޝާއިއުކޮށްފައެވެ.

ދިރާސާގައި ބައިވެރިވި ޔުނިވަރސިޓީ އޮފް ލިވަރޕޫލްގައި މަސައްކަތް ކުރައްވާ ޕްރޮފެސަރ މަލްކޮމް ސެމްޕެލް ވިދާޅުވީ ހަމައެކަނި ކޮވިޑް-19 ބަލިން ކުޑަކުދިންނަށް އޮތް ނުރައްކާ ކުޑަކަމަށެވެ. މިދިރާސާއިން ނަގަންވީ މައިގަނޑު ފިލާވަޅަކީ ކުޑަކުދިންނަށް އޮތް ނުރައްކާ ވަރަށް ކުޑަކަމާއި، ސްކޫލަށް ގޮސްގެންވެސް އެކުދިން ބޮޑު ނުރައްކަލަކަށް ހުށަނޭޅެކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓުކޮށްފައިވާ ކޮވިޑް-19 ކޭސްތަކަށް ބަލާއިރު އޭގެ ތެރެއިން 1-2 އިންސައްތައަކީ ކުޑަކުދިންނާއި ޒުވާނުންނެވެ. އަދި ރިޕޯޓުކޮށްފައިވާ ގިނަ ކުޑަކުދިންގެ ފަރާތުން އަލާމާތެއް ފެނިފައެއް ނުވެއެވެ.

އިނިގިރޭސިވިލާތުން ހެދި މިދިރާސާގައި ޕްރޮފެސަރ ސެމްޕެލް އަދި އޭނާގެ ޓީމުން ވަނީ 19 އަހަރުން ދަށުގެ 651 ކުދިންނަށް ބަލާފައެވެ. މިކުދިންނަކީ ޖަނަވަރީ 17 އިން ޖުލައި 3 އަކަށް އިނގިރޭސިވިލާތުގެ 138 ހޮސްޕިޓަލަކަށް އެޑްމިޓް ކުރެވުނު ކުދިންނެވެ.

މިދިރާސާއިން އިތުރަށް ދައްކާގޮތުގައި ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި އާންމު އަލާމާތްތަކުގެ (ހުން އައުން، ނޭވާ ކުރުވުން، ކެއްސުން) އިތުރުން ކަރުގައި ރިއްސުން، ނޭވާ ކުރުވުން، ހޮޑުލަވާހެން ހީވުން، ހޮޑު ލެވުން، ބަނޑުގައި ރިއްސުން، އަދި ޑައެރިއާ ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ