އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 27/08/2020

މާސްކް އެޅުމުން ރައްކާތެރިކަން އޮތީ އަހަންނަށްތަ؟ ނޫނީ ކައިރީގައި އުޅޭ މީހުންނަށްތަ؟

މިވައިރަސް ފެތުރެނީ ބަލިމީހެއް ކެއްސާ، ކިނބިހި އަޅާ އަދި ވާހަކަ ދައްކާއިރު ނިކުންނަ ތިކިތަކެއްގެ ޒަރިއްޔާއިންނެވެ. (ފޮޓޯ: ސަން)
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 27/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އާއި ގުޅިގެން ބޭރުތެރޭގައި އުޅޭ އިރު މާސްކް އެޅުމަށް ވަނީ ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި މިހާރުވަނީ މާސްކް އެޅުން ލާޒިމް ކޮށްފައެވެ.

މިގޮތަށް މާސްކް އެޅުމުން ރައްކާތެރިވަނީ މާސްކް އަޅާ މީހާތަ، ނުވަތަ ކައިރީގައި އުޅޭ މީހުންތަ؟

ސިއްހީ މާހިރުން ވިދާޅުވަނީ ދެ ފަރާތަށްވެސް ރައްކާތެރިކަން ލިބޭ ކަމަށެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މާސްކް އެޅުމުގެ ސަބަބުން ބަލި މީހެއްގެ ޒަރިއްޔާއިން އެހެނިހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި މާސްކް އަޅާ މީހާއަށްވެސް ކޮންމެވެސް ވަރަކަށް ރައްކާތެރިކަން ލިބޭކަމަށް ދިރާސާތުކުން ހެކިދެއެވެ.

މިވައިރަސް ފެތުރެނީ ބަލިމީހެއް ކެއްސާ، ކިނބިހި އަޅާ އަދި ވާހަކަ ދައްކާއިރު ނިކުންނަ ތިކިތަކެއްގެ ޒަރިއްޔާއިންނެވެ. ސަރޖިކަލް މާސްކެއް ނުވަތަ ފޮތި މާސްކެއް އެޅުމުން މިގޮތަށް ބޭރުވާ ގިނަ ތިކިތައް ފެތުރުން ހުއްޓުވައެވެ.

މާސްކް އެޅުމުންވެސް ބައެއް ތިކިތައް ބޭރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފެތުރޭ އަދަދު މަދުވުމުން ކައިރީގައި އުޅޭ އެހެންމީހުންނަށް އޭގެން ފައިދާ ކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް ފެތުރޭ މަދު ތިކިތަކަށް ހުށަހެޅުނަސް ބަލި ޖެހުމުގެ ފުރުސަތު ކުޑަ އެވެ.

މާސްކް އަޅާ ފަރާތް ރައްކާތެރިވަނީ ބަލިމީހެއްގެ ފަރާތުން ފެތުރިދާނެ ތިކިތައް ހަށިގަނޑުތެރެއަށް ދިޔުން ހުއްޓުވައިދޭތީއެވެ.

ކޮރޯނާވައިރަސްގެ އާއިލާއަށް ނިސްބަތްވާ ވައިރަސްތަކާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ބޭރުތެރޭގައި މާސްކް ގަވާއިދުން އަޅާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ މިހާރު ފެތުރޭ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް މާސްކް އެޅުން ވަކިން ހާއްސަކޮށް މުހިންމުވަނީ، އަލާމާތްތައް ނުފެންނަ މީހެއްގެ ޒަރިއްޔާއިންވެސް ބަލި ފެތުރޭތީ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ