އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 26/08/2020

އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން މާސްކް އަޅާކަށް ނުޖެހޭ- ޑަބްލިޔުއެޗްއޯ

ޑަބްލިޔުއެޗްއޯ އަދި ޔުނިސެފް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ކޮވިޑް-19 ބަލި ޖެހުމާއި އެކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 26/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

5 އަހަރުން ދަށުގެ ކުޑަކުދިން ކޮރޯނާވައިރަސް ޕެންޑެމިކް އާއި ގުޅިގެން މާސްކް އަޅަން ނުޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ޔުނިސެފް އިން ހޯމަ ދުވަހު ބުނެފިއެވެ.

މި ދެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ކޮވިޑް-19 ބަލި ޖެހުމާއި އެކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ބޮޑެތިމީހުންނާއި އަޅާބަލާއިރު ކުޑަކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ. ނަމަވެސް މިކަން ބިނާވަނީ ކުއްޖާގެ އުމުރަށް" ޑަބްލިޔުއެޗްއޯ އަދި ޔުނިސެފް އިން ބުންޏެވެ.

މީގެ އިތުރުން ޝާއިއުކޮށްފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރު އުމުރުގެ ކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުދިންނާއި އަޅާބަލާއިރު މާބޮޑެވެ.

އެހެންކަމުން ޑަބްލިޔުއެޗްއޯ އިން ވަނީ އެކި އުމުރުފުރާތަކަށް އައު ކޮވިޑް-19 ގައިޑްލައިންތަކެއް ނެރިފައެވެ.

އުމުރުން 5 އަހަރުން ދަށުގެ ކުދިން

"އޮންލައިން ބައްދަލުވުންތަކާއި ކޮންސަލްޓޭޝަން ތަކުން ލިބުނު ތަޖުރިބާކާރުންގެ ޚިޔާލުތަކަށް އަލިއަޅުވާލާ ނިންމާފައިވަނީ ބަލި ފެތުރުން ހުއްޓުމުގެ ގޮތުން އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން މާސްކް އަޅަން ނުޖެހޭނެ ކަމަށެވެ" ބަޔާނުގައި ބުނެފައިވެއެވެ.

މިއީ އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ނެރިފައިވާ ގައިޑްލައިންތަކާއި ޚިލާފުވާ ވާހަކައެކެވެ. ސީޑީސީ އިން ބުނެފައިވަނީ އުމުރުން 2 އަހަރުން މަތީގެ ކުޑަކުދިން މާސްކް އަޅަން ޖެހޭނެ ކަމެވެ.

އުމުރުން 6 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން

މިއުމުރުފުރައިގެ ކުދިން މާސްކް އަޅަން ޖެހޭނީ އެކުއްޖަކަށް އޮތް ނުރައްކަލަށް ބަލާފައިކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ. އެގޮތުން މުޖުތަމައު ތެރޭގައި ވައިރަސް ފެތުރޭ ހަލުވިކަމާއި، މުޖުތަމައުގެ ހާލަތާއި، ކުއްޖާ އަމަލު ކުރާނެ ގޮތާއި، ބެލެނިވެރިއެއްގެ އެއްބާރުލުން ލިބޭތޯ ޔަޤީން ކުރުމާއި، މާސްކްގެ ސަބަބުން ކުއްޖާގެ ކިޔެވުމަށާއި ދިރިއުޅުމަށް ހުރަސް އެޅޭތޯ ބަލަން ޖެހެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަމަށާއި އިތުރު ބައްޔެއް ތަހައްމަލު ކުރޭތޯވެސް ބަލަން ޖެހެއެވެ.

އުމުރުން 12 އަހަރުން މަތީގެ ކުދިން

މިއުމުރުފުރައިގެ ކުދިންނަށް އަމަލު ކުރަންޖެހޭނީ ބޮޑުމީހަކަށްވެސް އަމަލު ކުރަން ޖެހޭގޮތަށް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

ނަމަވެސް މާސްކްއެއް ނެތް ހާލަތުގައި ކުއްޖާ ތައުލީމު ހާސިލްކުރުމަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެކަމަށްވެސް މިގައިޑްލައިންގައި ފާހަގަ ކޮށްފައިވެއެވެ.

އަދި މާސްކްގެ ބަދަލުގައި ފޭސް ޝީލްޑް އެއް ބޭނުން ކުރެވިދާނެކަމާއި، ނަމަވެސް މާސްކް އިން ލިބޭ ރައްކާތެރިކަން ނުލިބޭނެކަމަށްވެސް ޑަބްލިޔުއެޗްއޯ އަދި ޔުނިސެފް އިން ފާހަގަކޮށްފައިވެއެވެ. މާސްކް އެޅުމުގެ އިތުރުން ގައިދުރުކުރުމަށް ސަމާލުކަން ދިނުމާއި، އަތް ދޮވުން އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުމަށް ސަމާލުކަން ދިނުމަށްވެސް މިދެޖަމިއްޔާއިން ގޮވާލާފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ