އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/08/2020

އިތުރު 137 މީހުންނާއެކު ޖުމްލަ އަދަދު 7،000 އިން މައްޗަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ވެސް 135 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ ކޭސްތައް 7،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 109 މީހުންނަކީ ދިވެހިިން ކަމަށާއި އަދި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ އަށް މީހަކާއި މިސްރުގެ ދެ މީހަކާއި ނޭޕާލު މީހަކު ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. 

އެހެންވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7،047 އަށް ވަނީ އަރައިފަ އެވެ. މިހާތަނަށް 4،439 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2،580 މީހެކެވެ. މިއަދު މި ބަލިން ރަނގަޅުވީ 187 މީހުންނެވެ.

މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 171 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 28 މީހަކު މަރުވެފަ އެވެ. އޭގެތެރެއިން ދެ މީހަކު މަރުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ