އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/08/2020

ކޮރޯނާވައިރަސް ޖެހޭ މީހުންގެ ގައިން ތިން މަސްފަހުންވެސް އަލާމާތްތައް ފެނޭ: ދިރާސާ

ކޮވިޑް-19 އަށް ބައެއް މާހިރުން ވަނީ "މި ޖީލުގެ ޕޯލިއޯ"ގެ ނަމުން ނަންދީފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/08/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މީގެ ތިން މަސްކުރިން ކޮރޯނާވައިރަސް ޖެހިގެން އެނދުމަތިކުރި ބަލިމީހުންގެ ތެރެއިން 75 އިންސައްތަ މީހުންގެ ހަށިގަނޑުން އަދިވެސް ބަލީގެ އަލާމާތްތައް ފެންނަކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ނޯތު ބްރިސްޓަލް އެންއެޗްއެސް ޓްރަސްޓް ޑިސްކަވަރ ޕްރޮޖެކްޓުން ހޯދި ހޯދުންތަކުން ދައްކާގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ދިގު މުއްދަތަކަށް ބަލީގެ އަލާމާތްތައް ހަށިގަނޑުގައި ދެމިހުރެއެވެ.

އެގޮތުން ރިސާޗަރުން ވަނީ ދިރާސާކުރި 110 ބަލިމީހުންގެ ތެރެއިން 81 މީހުން ބަލިން ރަނގަޅުވިތާ އެތައް ދުވަހެއް ފަހުންވެސް ނޭވާކުރުވުމާއި، ވަރުބަލިވެ ގައިގާ ރިއްސުން ފަދަ އަލާމާތްތައް ދިމާވެފައިވާ ކަމަށް ހޯދާފައެވެ. އަދި ގިނަ މީހުންނަށް އޭގެ ސަބަބުން އާންމު ދިއރިއުޅުމުގައި ކުރާ ބައެއް ކަންކަން ކަމަށްވާ ވަޒީފާ އަދާކުރުމާއި، އެއްޗެހި ދޮވުންފަދަ ކަންކަން ކުރުމަށް ވަނީ ދަތިވެފައިވާކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބްރިސްޓަލްގައި ހުންނަ ސައުތުމެޑް ހޮސްޕިޓަލުގެ ޑޮކްޓަރުންވަނީ ކޮރޯނާވައިރަސް ޖެހުނު ކޮންމެ ހަތް މީހެއްގެ ތެރެއިން އެކެއްގެ މޭގެ ސްކޭންއިން ފުއްޕާމެއަށް ގެއްލުން ލިބިފައި ހުރިކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ދިގު މުއްދަތަކަށް ދިމާވާ އަލާމާތްތައް ދިރާސާކޮށް ހޯދުމަށް 10 މިލިޔަން ޔޫރޯ ހަރަދުކުރުމަށް ނިންމާފަ އެވެ. ކޮވިޑް-19 އަށް ބައެއް މާހިރުން ވަނީ "މި ޖީލުގެ ޕޯލިއޯ"ގެ ނަމުން ނަންދީފަ އެވެ.

މި ދިރާސާގެ ކޯ އޯތަރ ޑރ. ރެބެކާ ސްމިތު ވިދާޅުވިގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ދިގުމުއްދަތަކަށް ކުރާ އަސަރުތަކާއި ގުޅޭގޮތުން އެމީހުންނަށް އަދިވެސް ނޭނގޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

"އެހެންނަމަވެސް މި ދިރާސާގެ އަލީގައި ބަލިމީހުން ފަރުވާދީ ރަނގަޅުވުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި ބޭނުންވާ ކަންތަކަށް ތައްޔާރީތައް ވުމަށް އެހީއަކަށް ވާނެ." ޑރ. ސްމިތު ވިދާޅުވި އެވެ.

މި ދިރާސާ ހެދުމަށްޓަކައި ޖުމްލަ 163 ކޮރޯނާވައިރަސް ބަލިމީހުން ވަނީ ރެކްރޫޓް ކޮށްފަ އެވެ. އޭގެތެރެއިން 19 މީހުން ވަނީ މަރުވެފަ އެވެ. އަދި އެމީހުންނަށް ވަނީ ތިން މަހުން ޗެކަޕް ހެދުމަށް ހަނދާންކޮށްދީފައެވެ. އަދި އޭގެތެރެއިން ޗެކަޕް ހަދާފައިވަނީ 110 މީހުންނެވެ.

މި 110 ބަލިމީހުންގެ ތެރެއިން މެޖޯރިޓީ (65) މީހުންނަށް އެމީހުން އެނދުމަތިކޮށްފައިވާ އިރު އޮކްސިޖަން ދޭން ޖެހިފައިވެއެވެ. އަދި 27 މީހުންނަށް އޮކްސިޖަން ތެރަޕީ ދޭން ޖެހިފައިނުވާއިރު، 18 މީހުންނަށް ވަނީ އައިސީޔޫގައި ފަރުވާދީފަ އެވެ.

ދިރާސާގައި ބައިވެރިކުރި މީހުންގެ 74 އިންސައްތަ މީހުންނަށް ވަނީ މަދުވެގެން އެއް އަލާމާތުގެ އުނދަގޫ ކުރިމަތިވެފަ އެވެ. އޭގެތެރޭގައި ނޭވާކުރުވުން އަދި ވަރުބަލިވުން ހިމެނެ އެވެ.

އަދި 24 އިންސައްތަ މީހުންނަށް ނިދުމުގެ ދަތިކަން (އިންސޮމްނިއާ) ކުރިމަތިވެފައިވާއިރު، ހޮސްޕިޓަލްގައި މިކަން ތަހައްމަލްކޮށްފައިވަނީ 5 އިންސައްތަ މީހުންނެވެ.

މި 110 މީހުންގެ ތެރެއިން 15 މީހުންގެ ރޭޑިއޮގްރާފް އިން އާދަޔާ ހިލާފު ކަންކަން ވަނީ ފާހަގަވެފައެވެ. އޭގެތެރޭގައި ފުއްޕާމެއަށް ގެއްލުން ލިބުން ފަދަ ކަންކަން ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ