އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/08/2020

ފުރަތަމަ ފަހަރަށް މީހަކަށް ދެ ފަހަރުމަތިން ކޮވިޑް-19 ޖެހިއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ އެންމެ މީހެއްގެ ކިބައިން މިފަދަ ކަމެއް ފެނުމުން މިކަމުގައި ވަކި ގޮތެއް ކަނޑައަޅައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށް ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހޮންގް ކޮންގުގައި މީގެ ހަތަރު މަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކަށް އަލުން އެ ބަލި ޖެހިފައިވާ ކަމަށާއި ދެ ފަހަރު ފެނިފައިވަނީ ޖެނެޓިކް ގޮތުން ތަފާތު ހުރި ދެ ވައިރަހެއް ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފި އެވެ. އެހެންކަމުން މިއީ ދެ ފަހަރު ކޮވިޑް ޖެހުނުކަން ކަށަވަރުވި ފުރަތަމަ ފަހަރެވެ.

33 އަހަރުގެ ފިރިހެނެއް ހޮންގް ކޮންގް ގައި ޕޮޒިޓިވްވެފައިވާ އިރު އޭނާގެ ހަށިގަނޑުން ދެވަނަ ފަހަރު އެއްވެސް އަލާމާތެއް ނުފެނެއެވެ. މިހެން މިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެވެސް ވަރަކަށް ވައިރަސް ކޮންޓްރޯލް ކުރާތީ ކަމަށް ސިއްހީ މާހިރުން ލަފާ ކުރެއެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ އެންމެ މީހެއްގެ ކިބައިން މިފަދަ ކަމެއް ފެނުމުން މިކަމުގައި ވަކި ގޮތެއް ކަނޑައަޅައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށް ބުނެފަ އެވެ. އަދި މިކަމާއި ގުޅޭ މާހިރުން ވެސް ވަނީ ނާދިރު ހާލަތެއްގައި މީހަކަށް ދެ ފަހަރު ކޮވިޑް ޖެހުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

ސައިންސްވެރިން ބުނާގޮތުގައި ކޮވޑް-19 ޖެހުމުން ބައްޔާ ދެކޮޅަށް ހަށިގަނޑުގައި އިމިއުން ރެސްޕޮންސެއް އުފެދެ އެވެ. އަދި އަލުން އެ ބަލި ޖެހުމާ ދެކޮޅަށް މަސައްކަތްކުރެ އެވެ. ބަލީގައި ބޮޑުވަރުވާ މީހުންގެ ހަށިގަނޑުން ދިފާއީ ބާރު ނުވަތަ އިމިއުން ރެސްޕޮންސް ބޮޑަށް ފެންނަކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް މީގެ ކުރިން އެމެރިކާ ފަދަ ޤައުމުތަކުންވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މީގެން އެއްވެސް ކޭސްއަކަށް އެކަށީގެންވާވަރަކަށް ހެކި ލިބިފައެއް ނުވެއެވެ.

ނަމަވެސް ހޮންގް ކޮންގް ގެ ދިރާސާވެރިންވަނީ މިކޭސް ރަނގަޅަށް ބަލައި ދިރާސާއެއް ޝާއިއުކޮށްފައެވެ.

ކުރިން ކޮވިޑް ޖެހުނު މީހަކަށް އަލުން އެ ބަލި ޖެހުނުކަން އެނގިފައި މި ވަނީ މިހާތަނަށް މުޅި ދުނިޔެ އިން 23 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހުނު ފަހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ