މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގެ 62 ޕަސެންޓް އެނދުތައް ފުރިއްޖެ: ޑރ. ނަޒްލާ
މާލެ ތެރޭގައި ކޮވިޑް-19 ބާރަށް ފެތުރި ބަލީގައި އެޑްމިޓްކުރާ އަދަދު އިތުރުވެ މާލޭ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގެ 62 ޕަސެންޓް އެނދުތައް ފުރިފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ނަޒްލާ މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އިގެ ދެވަނަ ރާޅު މިހާރު ރާއްޖެއަށް ބިންދާލާފައިވާއިރު، އެކަމާ ދެކޮޅަށް ފިޔަވަޅުތައް ރޭ އަނެއްކާވެސް ވަރުގަދަ ކޮށްފައިވާއިރު، އާއްމުންގެ ގިނަ ބައެއްގެ ފާޑުކިއުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
62 percent of COVID hospital beds in Male' area are now occupied.
— Nazla Rafeeg (@nazla_r) August 23, 2020
In order to protect our loved ones who are at high risk, we need to work together and act now. pic.twitter.com/nVpL2nXCju
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު 100 އިން މަތީގައި އުޅޭއިރު، ބަލީގައި މިހާރު ވެސް 162 މީހަކު އެޑްމިޓްކޮށްފައި އެބަތިއްބެވެ. ހާލު ބޮޑުވެ ފަސް މީހަކަށް ވެންޓިލޭޓަރުގައި އަދި 10 މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
"މި ބަލީގެ އެންމެ ނުރައްކާ ބޮޑު އާއިލާގެ މީހުން ރައްކާތެރިކުރުމަށްޓަކައި، މިހާރުން މިހާރަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ބަލީގެ ލަފާކުރުންތަކުގައި ވެސް ވަނީ މި މަހު ބަލި ޖެހޭ އަދަދު ގިނަވުމާ އެކު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.
ނަޒްލާ އާއްމުކުރެއްވި ހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ ފަހުކޮޅާ ހަމައަށް އެނދުތަކުގެ އޮކިއުޕެންސީ ހުރީ 30 ޕަސެންޓުގަ އެވެ. އެކަމަކު އޮގަސްޓް މަހު ދެ ގުނަވެ، 60 ޕަސެންޓް އެނދުތައް ފުރުނީ މި މަހުގެ ތެރޭގައި ކަން އެ ހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިދިޔަ ދެ ހަފްތާގައި ވެސް ދިޔައީ އިތުރުވަމުންނެވެ. މިދިއަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑްގެ 278 ކޭސް އާއެކު އާ ޕީކް އެއް އައިސްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)