އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/08/2020

މިއަދު 119 މީހުންނަށް ވައިރަސް ޖެހިއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު 119 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނެފިއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް ކޮވިޑް ބަލީގެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީއެކެވެ. އެއީ ބަންގްލަދޭޝްގެ 11 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީންސްގެ ދެ މީހަކާއި ޔޫއޭއީގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި 2531 މީހުން އެބަ ތިބި ކަމަށްވެސް އެޗްއީއޯސީއިން ބުންޏެވެ. އެއީ 1،968 ދިވެހީންނާއި 563 ބިދޭސީންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 26 މީހުންނެވެ. ގިނައިން މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސަރުކާރުގެ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެފައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ހުރި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ އެނދުގެ 62 ޕަސެންޓު މިހާރު ވެސް ވަނީ ފުރިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ