އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/08/2020

މިއަދު 96 މީހުން ވައިރަހަށް ޕޮޒިޓިވް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 96 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އިއްޔެ 194 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 6،660އަށް ވަނީ އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 4،113 އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 96 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުންނެވެ.

އަދި މީގެ ތެރެއިން 64 މީހުންނަކީ ދިވެހިންކަމާއި، 26  ބަންގްލަދޭޝް މީހުން ހިމެނޭ އިރު، ސްރީ ލަންކާއިން 4 މީހުންނާއި، އިންޑިޔާ މީހަކާއި ނޭޕާލް މީހަކު ހިމެނެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 21 ރަށަކުންނާއި 10 ރިސޯޓަކުން އެކްޓިވް ކޭސްތައް ފެނިފައިވާ ކަމަށް އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑުން ރަނގަޅުވީ 101 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 4،113 އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ