އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/08/2020

167 ދިވެހިން ހިމެނޭ ގޮތަށް، 194 މީހުން ޕޮޒިޓިވް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 194 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އިއްޔެވެސް 167 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އިއުލާންކޮށްފައިވާ ތަފާސްހިސާބަށް ބަލާލާއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެން ހިމެނެނީ ބަންގްލަދޭޝްގެ 16 މީހުން، އިންޑިއާގެ ހަތް މީހުން، ސްރީ ލަންކާ އެކަކު، ނެޕާލްގެ އެކަކު، ތައިލެންޑުގެ އެކަކު އަދި އިޓަލީގެ މީހެކެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 191 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާ އަނެއް ތިން މީހަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކާ އެކު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 6،564 އަށް އަރައިފައެވެ. އެކްޓިވް ކޭސް ނުވަތަ މިވަގުތު ފަރުވާ ދެމުންދާ ކޭސްތަކުގެ ގޮތުގައި ތިބީ 2،527 މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑުން ރަނގަޅުވީ 97 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 4،012 އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 26 މީހަކު ނިޔާވެފަ އެވެ. އޭގެތެރެއިން 26 ވަނަ މީހާ މަރުވެފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. އެއީ 62 އަހަރުގެ ބިދޭސީ އެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ