އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/08/2020

މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ހިދުމަތް ދޭން ފަށައިފި

މިއީ ރާއްޖޭގެ ސިއްހީ މަރުކަޒެއްގައި ދަތުގެ ފަރުވާ ދޭން ޚާއްސަ ޔުނިޓެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކ. މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާދޭން ފަށައިފި އެވެ.

ކ. މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފަށާފައި ވަނީ ވާޗުއަލްކޮށް ބެއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ.

މިއީ ރާއްޖޭގެ ސިއްހީ މަރުކަޒެއްގައި ދަތުގެ ފަރުވާ ދޭން ޚާއްސަ ޔުނިޓެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ. އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާ އެކު މިހާރު 17 ތަނެއްގައި ދަތުގެ ފަރުވާ ލިބެ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، މާފުއްޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުންގެ އިތުރުން ޖަލުގައި ގައިދީން ބައިތިއްބާ ރަށަކަށް ވާތީ މާފުށީ ސިއްްހީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ޚަރަދުތައް ކުޑަވާނެ ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ނިޒާމުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަމަކީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ގައިދީންނަށް ފޯރުކޮށް ދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މާފުށީ ކައިރީގައި ރިސޯޓްތައް ތަރައްގީ ކުރާއިރު، އެ ރަށުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެކަމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ