އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/08/2020

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6،000 އިން މައްޗަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު 170 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 134 މީހުންނަކީ ދިވެހީން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 169 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް މީހަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މިއަދުގެ 18:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހީންގެ އިތުރުން 23 ބަންގްލަދޭޝް މީހުންނާއި ހަތް އިންޑިއާ މީހުންނާއި ދެކުނު އެފްރިކާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6,079 އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ މިހާރު 18 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 24 އެވެ. އެގޮތުން ވައިރަސް ޖެހިގެން މިއަދު ވަނީ މީހަކު މަރުވެފައެވެ. މިއަދު ކޮވިޑް-19ގެ ސަބަބުން މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ