އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/08/2020

ތަފާތު 25 ބަހަކުން ކޮވިޑާއި ގުޅޭ ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން މަރުވާ މީހުން އިތުރުވަނީ – ދިރާސާ

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުންވަނީ 87 ޤައުމަކުން 25 ބަހަކުން ކޮވިޑް-19ގެ ދޮގުމައުލޫމާތާއި ގުޅޭކަމަށް ބެލެވޭ 2،311 ރިޕޯޓެއް އިތުރަށް ބަލާހޯދާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ގުޅޭގޮތުން ވެސް މިހާތަނަށް އަހަރެމެންނަށް ވަނީ ތަފާތު އެކި ކަހަލަ އަޑުތައް އިވިފައެވެ. އޭގެތެރެއިން ހަގީގަތަކަށް ވެފައިވަނީ ވަރަށް މަދު ވާހަކަތަކެކެވެ. އެގޮތުން އެކި ކަހަލަ ފަރުވާތަކާއި އަދި ތިއަރީތައް ކަމަށްބުނެ ތަފާތު 25 ބަހަކުން މިހާތަނަށް ވަނީ 87 ޤައުމެއްގައި ކޮވިޑާއި ގުޅޭ ދޮގު މައުލޫމާތު ފަތުރާފައެވެ.

ނަތީޖާއަކަށް ވީ މީގެ ސަބަބުން އެތައް ބަޔަކު މަރަށް ހުށަހެޅި އެކި ކަހަލަ ޖިސްމާނީ އަނިޔާތައް ލިބުމެވެ.

އެމެރިކަން ޖާނަލް އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖީން އިން ޝާއިއު ކުރި މި ދިރާސާ ހަދާފައިވަނީ ޑިސެމްބަރު 31 އިން އޭޕްރީލް 5 ވަނަ ދުވަހާއި ހަމަޔަށް މީސް މީޑިޔާ، ނޫސް މަޖައްލާތަކާއި އަދި އެހެނިހެން ވެބްސައިޓް ތަކުގައި ކޮރޯނާވައިރަސް އާއި ގުޅުންހުރި ހުރި ރޫމާސް، ސްޓިގްމާތަކާއި، އެކިކަހަލަ ތިއަރީތަށް އެނަލައިސް ކޮށްގެންނެވެ.

ބަންގްލަދޭޝް، އޮސްޓްރޭލިޔާ، ތައިލެންޑް އަދި ޖަޕާނުގެ އިންސްޓިޓިއުޓްތަކެއް ގުޅިގެން ހެދި މި ދިރާސާގައި ވާގޮތުން "ރޫމާސް" މާނަކޮށްފައިވަނީ ތެދާއި އެއްގޮތް ޔަގީންނުވާ ނުވަތަ ދޮގު މައުލޫމާތު ތަކެވެ. އަދި "ސްޓިގްމާ" މާނަކޮށްފައިވަނީ ވަކި ބަޔަކު ތަފާތުކުރުން ނުވަތަ ދަށްކޮށްލާ ބީދައަކުން ފަތުރާ ވާހަކަތަކެވެ. ހަމައެހެންމެ "ކޮންސްޕިރަސީ ތިއަރީ"ގެ ގޮތުގައި ބުނެފައިވަނީ ވަކި ކަމެއް ހާސިލްކުރުމަށްޓަކައި އެހެންބަޔަކަށް ނޭނގޭ ކަންތަކުގެ ގޮތުގައި ވިސްނައިދޭ ކަންތައްތަކެވެ. މީގެތެރޭގައި އެކިކަހަލަ ފަރުވާތަކާއި އަދި އެފަދަ ދޮގު މައުލޫމާތުތައް ހިމެނެއެވެ.

މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުންވަނީ 87 ޤައުމަކުން 25 ބަހަކުން ކޮވިޑް-19ގެ ދޮގުމައުލޫމާތާއި ގުޅޭކަމަށް ބެލެވޭ 2،311 ރިޕޯޓެއް އިތުރަށް ބަލާހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން މި ރިޕޯޓުގެ 89 އިންސައްތައިގައި ރޫމާސް ހިމެނޭއިރު، 7.9 އިންސައްތައަކީ ކޮންސްޕިރަސީ ތިއަރީ އަދި 3.5 އިންސައްތަ އަކީ ސްޓިގްމާ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.

އެގޮތުން މި ދިރާސާގައި މިފަދަ ދޮގު މައުލޫމާތުތަކުގެ މިސާލުވެސް ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި "އެކި ކުންފުނިތަކުން ގަނޑުކޮށް ވިއްކާ ބިހުގައި ކޮރޯނާވައިރަސް ހުންނަ ކަމަށާއި"، "ލައްފިލުވާ ބުއިމުން ކޮރޯނާވައިރަސް މަރާލާކަމަށް" ބުނާ ޚަބަރުތައް ހިމެނެ އެވެ.

އަދި ސްޓިގްމާގެ ގޮތުގައިވަނީ "މިފަދަ ކޮންމެ ބައްޔަކީވެސް ޗައިނާއިން ފެތުރޭ ބައްޔެއް" ކަމަށް ބުނެ ފަތުރާފައިވާ ވާހަކައެއް މިސާލެއްގެ ގޮތުގައި ދައްކާފައެވެ.

ހަމައެހެންމެ "ކޮރޯނާވައިރަސް އަކީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ވެކްސިންގެ ވިޔަފާރި އިތުރުކުރުމަށް އުފެއްދި ބައޯ ވެޕަންއެއް ކަމަށް" ބުނާ ކޮންސްޕިރަސީ ތިއަރީއެއްގެ މިސާލުވެސް ރިސާޗަރުންވަނީ ދައްކާފައެވެ.

މީގެތެރެއިންވެސް ގިނަ ވާހަކަތައް ފެތުރިފައިވަނީ އިންޑިޔާ، އެމެރިކާ، ޗައިނާ، ސްޕެއިން، އިންޑޮނޭޝިއާ އަދި ބްރެޒިލްއިން ކަން ފާހަގަވެފައިވާކަމަށް ރިސާޗަރުން ވަނި ބުނެފަ އެވެ.

މި އެނަލައިޒުން ދައްކާގޮތުގައި ރިޕޯޓުގެ 24 އިންސައްތަ ގުޅިފައިވަނީ ކޮވިޑް ބައްޔާއި، މަރާއި އަދި ބަލި ފެތުރުމާއި ގުޅޭގޮތުންނެވެ. އަދި 21 އިންސައްތަ ވައިރަސް ކޮންޓްރޯލް ކުރުމަށް ހިއްސާވާއިރު، 19 އިންސައްތައަކީ ފަރުވާގެ ގޮތުގައި ފަތުރާފައިވާ ވާހަކަތަކެވެ. އަދި 15 އިންސައްތަ ވައިރަސްގެ އަސްލާއި އަދި ވައިރަސް އުފެދުނު ޤައުމާއި ގުޅޭގޮތުން ދޮގު މައުލޫމާތު ހިމެނޭއިރު، 1 އިންސައްތައިން ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާއިރު ބާކީ 20 އިންސައްތަ ފާހަގަވެފައިވަނީ ވަކި ބަޔަކު ގުޅިގެން ފަތުރާފައިވާ ވާހަކަތަކެއްގެ ގޮތުގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ