އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/08/2020

106 މީހަކު ޕޮޒިޓިވްވިއިރު، 141 މީހުން ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ވެސް 106 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ގިނައީ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އެޖެންސީން ބުނީ، އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އަށް 106 މީހަކަށް ބަލި ޖެހުނުއިރު އޭގެ ތެރޭގައި 79 ދިވެހިން ހިމެނޭ ކަމަށެވެ. ދެން ޕޮޒިޒިވްވީ ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 99 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އެއީ މާލެ، ވިލިނގިލި އަދި ހުޅުމާލެ އެވެ. އަނެއް ހަތް މީހުން ތިބީ އެހެން ރަށް ރަށުގަ އެވެ.

ކޮވިޑުން ރަނގަޅުވާ މީހުންގެ އަދަދު މި ދޭތެރެއިން މަދުވި ނަމަވެސް އެ އަދަދު އަނެއްކާ ވެސް މި ވަނީ އިތުރުވާން ފަށައިފަ އެވެ. މިދިޔަ ހުކުރު ދުވަހު އިތުރު 90 މީހުން ބަލިން ރަނގަޅުވިއިރު އެ އަދަދު ރޭ ވަނީ 198 އަށް އިތުރުވެފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރަށް 141 މީހުން ކޮވިޑުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،414 މީހުންނެވެ.

މިވަގުތު ކޮވިޑު ބައްޔަށް ފަރުވާ ދެމުންދަނީ 2،414 މީހުންނަށެވެ. އޭގެ ތެރެއިން 146 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އަދި މިހާތަނަށް 22 މީހަކު ވަނީ މި ބަލީގައި މަރުވެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ