އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/08/2020

މިއަދު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 107 މީހުން، ގިނައީ ދިވެހިން

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ކޮވިޑަށް 107 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 104 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ތިން މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ދިވެހީންނެވެ. އެއީ 73 މީހުންވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ ތިން މީހުން އަދި ފިލިޕީން އާއި ސްރީލަންކާ އެކަކެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2449 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފަ އެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. އިއްޔެ ރޭ 1:45 ގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެކެވެ.

މިހާތަނަށް 3،208 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ