އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/08/2020

 ރާއްޖެއިން މިއަދު 128 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިޔަ 24 ގަޑިއިރު ތެރޭ 128 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރޭ 83 ދިވެހިން ހިމެނޭ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި، އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 128 މީހުން ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި 83 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 35 މީހަކާއި ނޭޕާލްގެ 2، އިންޑިޔާގެ 4 އަދި ލަންކާގެ 4 މީހެކެވެ.

މި އަދަދުތަކާ އެކު ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދަކީ 5،494 އެވެ.

ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. 

މިހާތަނަށް 2،920 މީހުން ބަލިން ރަގަޅުވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައިވަނީ 36 މީހުންނެވެ. މިހާތަނަށް 21 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ