އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/08/2020

ކޮވިޑުގެ ވެކްސިން މުހިންމީ ކޮންބަޔަކަށް؟

އަލަށް ވެކްސިނެއް ތައްޔާރުކުރާއިރު، އެޤައުމެއްގެ ހުރިހާ ރައްޔިތުންނަށް ދޭ ވަރަށް ނުލިބިދާނެކަމަށް މީގެ ކުރިން ސައިންސްވެރިން ވަނީ ބުނެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންސާނާގެ ނޭވާލާ ނިޒާމަށް ޖެހޭ ކޮވިޑް-19 ވުޖޫދަށް އައިތާ މި ވަނީ ގާތްގަނޑަކަށް 8 މަސް ފާއިތުވެގެން ގޮސްފައެވެ. މި މުއްދަތުގެ މި ވައިރަހުގެ އަސްލުގެ އިތުރުން އަދި ވައިރަހަށް ޝިފާއެއް ހޯދިފައެއް ނުވެއެވެ.

އެހެންނަމަވެސް މިފަދަ އެހެން ވައިރަސްތައް ވެސް ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ވެކްސިން ދާދި އަވަހަށް އުފެއްދިދާނެ ކަމުގެ ހަބަރާއެކު މިހާރު މުޅި ދުނިޔެ އޮތީ މި ވެކްސިނުގެ އިންތިޒާރުގަ އެވެ. މީގެތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. އެހެންނަމަވެސް އަލަށް މިފަދަ ވެކްސިނެއް ތައްޔާރުކުރާއިރު، އެޤައުމެއްގެ ހުރިހާ ރައްޔިތުންނަށް ދޭ ވަރަށް ނުލިބިދާނެކަމަށް މީގެ ކުރިން ސައިންސްވެރިން ވަނީ ބުނެފައެވެ.

އެހެން ފަހަރުތަކުގައި މިފަދަ ރޯގާ ތަކުގެ ނުރައްކާ ކުޑަކުދިންނަށް އޮތް ނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. ކޮވިޑް-19 ގެ ނުރައްކާ ބޮޑު މީހުންގެ ލިސްޓުގައި ކުޑަކުދިންނާއި މާބަނޑު މީހުންވެސް ނުހިމެނެއެވެ. މިކަން ކޮވިޑް-19ގެ ތަފާސް ހިސާބުތަކުން ވެސް ޔަގީންވެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި ކޮވިޑް-19ގެ ވެކްސިން މިވަގުތަށް ދެވޭނީ ވެކްސިންގެ އަޖުމަ ބަލަމުންދާ ޢުމުރުތަކަށާ ފަރާތްތަކަށެވެ. އަޖުމަ ނުބަލާ ހުއްޓައި އެ ނޫން އުމުރުފުރާ އަދި ފަރާތްތަކަށް ދެވިއްޖެނަމަ ވެކްސިނުން ނޭދެވޭ އަސަރު ކުރުމަކީވެސް ގާތްކަމެކެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ބެލިދާނެ ތިން ކެޓަގަރީއެއް ޑރ. ފައިސަލް ވަނީ ފާހަގަކުރައްވާފަ އެވެ.

1.   ސިއްހީ ދާއިރާ:

ސިއްހީ ދާއިރާގެ މީހުންނަށް ވެކްސިން އެންމެ ފުރަތަމަ ދިނުން މުހިއްމު ވާ ސަބަބަކީ ބަލިމީހުންނާއި އެންމެ ބޮޑަށް ކޮންޓެކްޓްވެ ބޭސްކުރަންޖެހޭ ފަރާތްތަކަކީ ސިއްހީ އެހީތެރިންނަށް ވުމުންނެވެ.

ސިއްހީ ދާއިރާގެ މީހުންގެ ގޮތުގައި ސާމްޕަލް ނަގަން ދާ ފަރާތްތަކާއި، ޕެރަމެޑީކްސް، ޑޮކްޓަރުން، ނަރުހުންނާއި ފޫޅުމައިން، ސިއްހީ އެހީތެރިން، ކުޑަކުދިންގެ ހިޔާފަދަ ތަންތާ މުވައްޒަފުން، ލެބޯޓަރީ، ބޭސް ފިހާރަ އަދި ބަލިމީހުންނާ ގާތުން މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

2.   ރާއްޖޭގެ ތަފާސް ހިސާބު:

ރާއްޖޭގައި މިހާތަނަށް 5،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 21 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

ޕޮޒިޓިވްވި މީހުންގެ އުމުރުފުރާތަކަށް ބަލާއިރު ހާލުބޮޑުވެގެން އައިސީޔޫގައި މިހާތަނަށް ފަރުވާދީފައިވަނީ އާންމުކޮށް 45 އަހަރުން މަތީގެ މީހުންނެވެ. އަދި މި ބަލީގައި މަރުވެފައިވެސް ވަނީ މި އުމުރުފުރާގެ މީހުންނެވެ.

އެހެންކަމުން ވެކްސިން ދިނުމަށް ތަފާސް ހިސާބު ހަދާއިރު، ކުރިން ބުނިގޮތަށް އައިސީޔޫ ގައި ބާއްވައިގެން ފަރުވާދޭން ޖެހުމާ ނިޔާވި މީހުންގެ ޢުމުރަށާއި، އެންމެ ހާލުބޮޑުވި މީހުންގެ ކޮވިޑް-19ގެ އިތުރުން ހުރި ބަލިތައް ދެނެގަތުން މުހިއްމުކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އޭގެތެރޭގައި ކެންސަރު، ހިތުގެ، ކިޑުނީ، ހަކުރު ބަލި، އޮބޭސިޓީ، ލޭ މައްޗަށް ދިއުން، ނިއުމޯނިއާ ފަދަ ބަލިތައް ހިމެނެއެވެ.

3- ބަލިޖެހިއްޖެނަމަ އެމީހުންގެ ސަބަބުން ބަލިފެތުރުން ގިނަވެދާނެ ގުރޫޕުގައި ހިމެނޭ މީހުން:

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މި ބައި އެންމެ ރަނގަޅަށް ދެނެގަނެވޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.

 އޭގެތެރޭގައި 65 އަހަރުން މަތީގެ މީހުންނާއި، ހަމަ އެ އުމުރުފުރާގެ ސިއްހީ ގޮތުން ބަލިކަށި މީހުންނާއި، ސިއްހީ އެހީތެރިން އަދި އިޖުތިމާއީ އެހީތެރިން، ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންގެ އިތުރުން އެހެނިހެން މަސައްކަތްތެރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބިނާކޮށް ޑރ. ފައިސަލް ހާމަކޮށްފައިވާ ބައެއް މައުލޫމާތެވެ. އެހެންނަމަވެސް ވަގުތާއި  ހާލަތު އަދި ލިބޭ ވެކްސިންގެ އަދަދަށް ބިނާކޮށް މި ލިސްޓު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ