އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/08/2020

87 ދިވެހިންނާއެކު، ޖުމްލަ 143 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 143 މީހުން ކަމަށާއި އޭގެތެރޭގައި 87 ދިވެހީން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 140 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަދި ތިން މީހުންނަކީ އެހެން ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިރޭ ހައެއް ޖެހުމާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 40 ބަންގްލަދޭޝް މީހުންނާއި 10 އިންޑިއާ މީހުންނާއި ތިން ނޭޕާލް މީހުންގެ އިތުރުން ދެ ސްރީލަންކާ މީހުންނާއި މިސްރު މީހެއް ހިމެނޭ ކަމަށެވެ.

މިއީ އިއްޔެއާ އަޅާ ބަލާއިރު ގިނަ އަދަދެކެވެ. އިއްޔެ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 66 މީހުންނެވެ. އޭގެތެރޭގައި 55 ދިވެހީން ހިމެނެއެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 35 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،884 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2،461 މީހުންނެވެ. ކޮވިޑްގައި 21 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ