އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/08/2020

102 ދުވަހަށް ފަހު ނިއުޒިލެންޑުގައި ކޮރޯނާވައިރަސް އަލުން ފެނިއްޖެ

މިކޭސްތައް ދެނެގަނެވުނީ އަލާމާތްތަކާއެކު 50 އަހަރުގެ މީހަކު ހޮސްޕިޓަލަށް ދިޔުމުންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

102 ދުވަހަށް ފަހު ނިއުޒިލެންޑުގައި ކޮވިޑް-19 ގެ އައު 4 ކޭހެއް ދެނެގަނެވިއްޖެކަމަށް އެޤައުމުގެ ޕްރައިމް މިނިސްޓަރ ޖަސިންޑާ އަރްޑަރން ވިދާޅުވެއްޖެއެވެ. މިމީހުންނަށް ބަލިޖެހިފައިވަނީ ކިހިނެއްކަމެއް އަދި ހޯދިފައެއް ނުވެއެވެ.

އަރްޑަރން ވިދާޅުވީ މިކަމާއި ވިދިގެން ކޭސްތައް ފެނުނު "އޮކްލަންޑް" އެލަރޓް ލެވަލް 3 އަކަށް ހުކުރު ދުވަހުގެ ނިޔަލަށް ދާނެކަމަށެވެ. މީގެ މާނައަކީ ގޭގައި މީހުން މަޑުކުރުމަށް ބާރުއަޅާ، ރެސްޓޯރަންޓުތައް ފަދަ ވިޔަފާރިތައް ބަންދު ކުރެވޭނެކަމެވެ.

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ހާލަތު ރަނގަޅަށް ބަލައި ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތްކޮށް ބަލިފެތުރުނު ގޮތް ދެނެގަނެވޭނެކަމަށް އަރްޑަރން އިތުރަށް ފާހަގަކުރެއްވިއެވެ. އަދި ދެން އަމަލުކުރަންވީ ގޮތްވެސް މިދުވަސްތަކުގައި ނިންމޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އޮކްލަންޑް" އަށް ދަތުރުކުރުން މަނާކުރެވި ނިއުޒިލެންޑުގެ އެހެނިހެން ހިސާބުތައް ހުކުރު ދުވަހު އެލަރޓް ލެވަލް 2 އަކަށް ގެނެވޭނެއެވެ. މީގެ މާނައަކީ 100 މީހުންނަށްވުރެ ގިނައިން ބައިވެރިވާ އެއްވުންތައް މަނާކުރެވި، ގައިދުރުކުރުމަށް އިތުރު ސަމާލުކަމެއްދެވޭނެކަމެވެ.

ނިއުޒިލެންޑުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މިކޭސްތައް ދެނެގަނެވުނީ އަލާމާތްތަކާއެކު 50 އަހަރުގެ މީހަކު ހޮސްޕިޓަލަށް ދިޔުމުން ކަމަށެވެ. އެމީހާވަނީ ޓެސްޓު ކުރެވި ނަތީޖާ ޕޮޒިޓިވްވެފައެވެ. މިއަށްފަހު އޭނާ އުޅުން ގެއިން އިތުރު 6 މީހުން ޓެސްޓުކޮށް އޭގެ ތެރެއިން 3 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްެވެފައެވެ.

ފުރަތަމައަށް ޕޮޒިޓިވްވި މީހަކީ ޤައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ.

ނިއުޒިލެންޑުން ކޮރޯނާވައިރަހާއި ދެކޮޅަށް ނެގި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފައެވެ. މާރޗް މަހުގައި އެޤައުމުގައި 100 ކޭސް ފެނުމާއެކު ހަރުކަށި ފިޔަވަޅުތަކެއް ނެގި ލޮކްޑައުންއަކަށް ދިޔައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ