އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/08/2020

އިތުރު 143 މީހުންނާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ފަސް ހާހުން މައްޗަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 143 މީހަކު ޕޮޒިޓިވް  ޖުމްލަ އަދަދު 5000އަށްވުރެ މަތިވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދު 143 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5041 ކަށް ވަނީ އަރާފަ އެވެ. މިއަދު ޕޮޒިޓިވްވީ މީހުން ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި 28 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ހަ މީހުންނާއި ނޭޕާލްގެ ދެ މީހުންނެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 140 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް ތިން މީހުންނަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 2218 އަށް އަރާފަ އެވެ. މިއަދު ބަލިން ރަނގަޅުވީ 13 މީހެކެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 19 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ