އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/08/2020

ގޮންޖެހުންތަކަކާއެކު ރަޝިޔާއިން އުފެއްދި ކޮވިޑް ވެކްސިނަށް މުޅި ދުނިޔެ އިންތިޒާރުގައި!

އަންނަ ބުދަ ދުވަހު މި ވެކްސިން ރަޖިސްޓްރީ ކުރާނޭ ކަމުގެ ޔަގީންކަން ރަޝިޔާގެ ޑެޕިޔުޓީ ހެލްތު މިނިސްޓަރު އޮލެގް ގްރިދްނޭވް ވަނީ ދެއްވާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ކޮރޯނާވައިރަސް ވެކްސިން އުފެއްދުމަށް އެންމެ ފުރަތަމަ ފޫގަޅާލި ޤައުމުތަކުގެ ތެރޭގައި ރަޝިޔާވެސް ހިމެނެއެވެ. ޓެކްނޮލޮޖީގެ ގޮތުންނާއި އަދި ހާއްސަކޮށް ސިއްހީގޮތުން ކުރިއަރާފައިވާ ރަޝިޔާއިން އުފެއްދި ކޮރޯނާވައިރަސް ވެކްސިން މިމަހު އެޤައުމުގެ ރައްޔިތުންނަށް ދޭން ފަށާނެއެވެ.

ކޮވިޑް ވެކްސިން ރޭހުގައި އެމެރިކާ އަދި އިނގިރޭސިވިލާތާއި ވާދަކޮށް މިހާތަނަށް ކުރި ހޯދި ރަޝިޔާއިން ވެކްސިން ތައްޔާރުކުރީ ވެރިރަށް މޮސްކޯގައި ހުންނަ ގަމަލެޔާ ސެންޓުންނެވެ. އަދި އަންނަ ބުދަ ދުވަހު މި ވެކްސިން ރަޖިސްޓްރީ ކުރާނޭ ކަމުގެ ޔަގީންކަން ރަޝިޔާގެ ޑެޕިޔުޓީ ހެލްތު މިނިސްޓަރު އޮލެގް ގްރިދްނޭވް ވަނީ ދެއްވާފަ އެވެ.

ރަޝިޔާއިން މި ވެކްސިން އުފައްދަން ކުރި މަސައްކަތުގައި ވަނީ އެތައް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ބައެއް ޤައުމުތަކުން ރަޝިޔާއިން ވެކްސިން ވަގަށް ނަގާކަމުގެ ތުހުމަތު ކޮށްފައިވާއިރު، ބައެއް ޤައުމުތަކުން ވަނީ މި ވެކްސިން ކާމިޔާބު ވާނޭ ކަމުގެ އުއްމީދު ކުޑަ ކަމަށް ބުނެފަ އެވެ.

ރަޝިޔާގެ ސައެންސްވެރިން މިދިޔަ މަހު ބުނެފައި ވަނީ ގަމަލެޔާ އިން އުފެއްދި ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓްރަޔަލްތައް ނިމިފައިވާ ކަމަށާއި އެ ވެކްސިން ކާމިޔާބު ކަމަށެވެ.

މޮސްކޯގެ ސެޝެނޯވް ޔުނިވަރސިޓީއާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައިވާގޮތުން ވެކްސިން ޓެސްޓު ކުރުމަށް 38 މީހަކަށް އެ ދީފައިވެއެވެ. އަދި އެ ހުރިހާ އެންމެންވެސް ހާލު ރަނގަޅު ކަމަށާއި އެމީހުންގެ ހަށުގަނޑުގައި ވައިރަހުން ދިފާއު ވެވޭނެ ގޮތް އުފެދިފައިވާކަން ސާބިތުކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން މިބަލީގެ އެންމެ ގިނަ ކޭސް ފެނުނު ތިން ވަނަ ގައުމަކީ ރަޝިޔާއެވެ. އެގައުމުގެ 870،000 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި 14700 މީހަކު ބަލީގައި މަރުވެފައިވެއެވެ.

ވެކްސިންގެ އެކި މަރުހަލާތައް ރަޝިޔާ އިން ކުރިއަށް ގެންދާލެއް އަވަސްވުމުން ސިއްހީ ބައެއް ތަޖްރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ ކުރިން ރަޝިޔާ އާއި ޗައިނާ އިން "ރަނގަޅަށް ވެކްސިން ޓެސްޓްކުރާނެ ކަމަށް" އުއްމީދު ކުރައްވާ ކަމަށެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން އުފައްދާ ޤައުމަކަށް ރަޝިޔާ ވެފައިވާއިރު، މުޅި ދުނިޔެވެސް މިހާރު އޮތީ މި ވެކްސިންގެ އިންތިޒާރުގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ