އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/08/2020

93 ދިވެހިންނާ އެކު، ޖުމްލަ 129 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 129 މީހަކު ޕޮޒިޓިވް އެކްޓިވް ކޭސްތަކުގެ އަދަދު 2،000 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މި ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 128 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް މީހަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4,898 އަރާފައެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 37 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،791 އެވެ.

ރާއްޖެއިން ކޮވިޑު ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 144 މީހުންނަށެވެ. އަދި 19 މީހަކު ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ