އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/08/2020

117 ދިވެހިންނާއެކު، މިއަދު ޖުމްލަ 148 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދުވެސް 148 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕިއޭއިން ބުނިގޮތުގައި މިއަދުވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 117 ދިވެއްސަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، ބަންގްލަދޭޝްގެ 22 މީހަކާއި، 7 އިންޑިޔާ މީހެއްގެ އިތުރުން، ނޭޕާލުގެ މީހަކާއި ސީޝެލްސްގެ މީހަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ނަންބަރު ވަނީ 4,594 އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި ދެ މީހެއްވެސް ހިމެނެއެވެ. ދެން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 146 މީހުންނެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ބަލި ޖެހިފައިވާ 1،869 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 110 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19އިގައި މިހާތަނަށް 19 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ